ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑަރ ކޮންޓްރޯލްގެ ކިއު މަދުކުރުމަށްޓަކައި ވީއައިއޭގައި އީގޭޓްތައް ހަރުކުރަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭ އީގޭޓްތައް އެ އެއަރޕޯޓުގެ އާ ޓާމިނަލުގައި ހަރުކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި ބަދަލު ގެންނަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ބޭނުން ކުރާ ދިވެހިންނާއި ފަތުރުވެރިން ބޯޑަރ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ މަޝްރޫޢުގެ ސަަބަބުން އެއަރޕޯޓުން ދަތުރުކުރާ މީހުންނަށް ދަތުރުފަސޭހަކޮށް، ބޯޑަރ ކޮންޓްރޯލްގެ ހިދުމަތްތައް އަވަސް ވެގެންދާނެކަމަށެވެ.

މި އީގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރ ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިންނެވެ. މިއީ ދަތުރުވެރިންގެ ވަގުތު ސަލާމަތްކޮށް، އެއަރޕޯޓްގައި ހޭދަކުރަންޖެހޭ ވަގުތު ކުރުކުރުމަށްޓަކާ ރާއްޖެއިން ކުރާ ވަރަށް މުހިންމު މަސައްކަތެކެވެ.

1 ޖެނުއަރީ 2026ގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލްގައި އެރައިވަލް އަދި ޑިޕާޗަރ ހިމެނޭހެން ޖުމްލަ 20 އީގޭޓް، ކޮންމެ ސަރަހައްދެއްގައި 10 ގޭޓް ހަރުކުރެވި ބޭނުންކުރަން ފެށޭނެއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެހެނިހެން އިންޓަރނޭޝަނަލް އެއަރޕޯޓްތަކުގައިވެސް 2026 ވަނަ އަހަރު މިފަދަ އީގޭޓްތައް ހަރުކުރެވި، ބޭނުންކުރަން ފެށޭނެކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: