ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ރަށެއްގައި ވެސް މަޝްރޫއުތައް ހިނގާ، ފެނުނީ ކާމިޔާބު ދެ އަހަރު: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ދެ އަހަރުގެ ތެރޭގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހާއި އެކު ވަރަށް ގާތުން މަސައްކަތްކޮށް، ކާމިޔާބީތައް ހާސިލުކުރެވިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރުވުމާއި ދިމާކޮށް، ސަންގުޓީވީން ގެނެސްދިން ހާއްސަ ކަވަރޭޖުގައި އަބްދުއްރަހީމް ވަނީ ސަރުކާރުގެ މަސައްކަތްތަކަށް ތައުރީފު ކުރައްވާފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ މި ވެރިކަމުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެކި މަޝްރޫއުތައް ފެށި ކުރިޔަށްދާ ކަމަށެވެ. އަދި އިގްތިސާދު ކުރިއަރަމުންދާކަން ފާހަގަކުރައްވައި ވިދާޅުވީ، މިވަގުތު ކަންބޮޑުވާންޖެހޭ ކަމެއް ވެސް ނެތްކަމަށެވެ.

ސަރުކާރަށް ގިނަ ގޮންޖެހުންތަކާއި ދިމާވި ނަމަވެސް، އެ ހުރިހާ ދަތިތަކުން އަރައިގަނެވިފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަބްދުއްރަހީމް ވިދަޅުވި ގޮތުގައި ދެން އޮތީ، މިހާރު ކުރިޔަށްދާ މަޝްރޫއުތަކުން ނަތީޖާ ނެރެ ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމެވެ. އަދި އެ ދުވަސް ވަރަށް އަވަހަށް ރައްޔިތުންނަށް ފެންނާނެކަމަށް ވެސް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންނާއި ގާތުންކަމަށާއި، އެކަން އެމަނިކުފާނު މީހުން ދިރިއުޅޭ ހުރިހާ ރަަށަކަށް ވަޑައިގެން ރައްޔިތުންގެ ކަންކަން ގާތުން ބެއްލެވުމުން އެނިގެންދާކަމަށެވެ.

މީގެއިތުރުން އަބްދުއްރަހީމް ވަނީ، މަޖިލީހަށް ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ބިލުތަކުގެ މަސައްކަތްތައް ވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ، މަޖިލީހާއި އެކު ވަރަށް ގާތުން މަސައްކަތް ކުރެވި ގިނަ ބިލުތައް ވެސް ފޮނުވި ކަމަށެވެ.

”ސަރުކާރުގެ މަސައްކަތްތަކާއި މެދުގައި ހަމަގައިމުވެސް އަޅުގަނޑު ހިންހަމަޖެހޭ. ވަރަށް ރަނގަޅަށް ވެރިކަމާއިއެކީގައި ވަރަށް ގާތުން މަސައްކަތް ކުރެއްވީ. ދެ އަހަރު ހަމަވީއިރު ރައީސް ވަޑައިގަންނަވައިފި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް. އެވެސް ވަރަށް ބޮޑު ކާމިޔާބީއެއް“

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާއި ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ މަޖިލީހަށް ގާތް ގަނޑަކަށް ދޮޅު އަހަރުވާން ގާތް ވެފައި ވާއިރު، 73 ވަރަކަށް ބިލު މަޖިލީހަށް ހުށައަޅާފައިވާ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އަމިއްލަ މެމްބަރުން ހުށައެޅި ބިލުގެ އަދަދު އުޅޭނީ 4 ނުވަތަ 5 ގައި ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ލެޖިސްލޭޓިވް އެޖެންޑާއަކީ އެއްފަހަރާ ހުށައަޅަން ދީފައިވާ، އެޖެންޑާއެއް ނޫން ކަމަށެވެ. އަދި ދައުރުގެ ތެރޭގައި އެ ބިލުތައް ބަހާލައިގެން ފޮނުއްވާނެ ކަމަށް ސަރުކާރުން ބުނެފައިވާނެކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ސަރުކާރާއި އަދި މަޖިލީހުގެ ދައުރަށްވެސް ގިނަ ދުވަސްތަކެއް އޮތް އިރު، މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލުތައް ހުށައެޅެނީ ލަސްކޮށްކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: