ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މެމްބަރުންގެ ސިކުނޑި އޮތީ ރައީސް އޮފީހުގައި، ބިލުތައް ރަނގަޅަށް ދިރާސާއެއް ވެސް ނުކުރޭ: މީކާއިލް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އަބަދުވެސް މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާ ގޮތަކަށްކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ތަމްސީލު ކުރަމުން ގެންދާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެމްބަރުކަން ގެއްލުމުގެ ކުރިން އެ ދާއިރާއެއްގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ވަނީ އިސްލާހު ހުށަހަޅާފަ އެވެ.

މި ބިލުގެ ބަހުސް މަޖިލީހުގައި ފަށާފައިވާއިރު، ގިނަ ޕީއެންސީގެ މެމްބަރުން ވަނީ އިސްލާހަށް ތާއީދުކޮށްފަ އެވެ. އެހެން ނަމަވެސް ބައެއް މެމްބަރުންގެ ހިޔާލު އިސްލާހާއި މެދު ތަފާތުކަން ބަހުސް މަރުހަލާފައި ފާހަގަކުރެވުނެވެ.

އިސްލާހުގެ ބަހުސްގައި މީކާއިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބަރޯސާވަނީ، ރައީސް އޮފީހުން އަންނަ އިރުޝާދުތަކަށް ކަމަށެވެ. އަދި ކޮންމެ މެމްބަރަކު ވެސް ރައީސް އޮފީހުން އަންގާ ކޮންމެ ގޮތަކަށް މަސައްކަތްކޮށް، މަޖިލީހުގައި ވޯޓު ދޭކަމަށް މީކާއިލް ވިދާޅުވި އެވެ.

ސަރުކާރުގެ މެމްބަރުން މަޖިލީހަށް ހުށަހަޅާ ބިލުތައް ރަނގަޅަށް ދިރާސާ ނުކުރާއިރު، ގާނޫނުތަކުގެ ވާނުވާއެއް ވެސް ނޭނގޭކަމަށް މީކާއިލް ވިދާޅުވި އެވެ.

އެންގެވިއްޔާ އެންގެވިހާ ގޮތެއް. މިއަދު ޔެސްއަށް ފިތަންވިއްޔާ ޔެސްއަށް. މާދަމާ ނޯއަށް ވިއްޔާ ނޯއަށް..ުޖ

އެގޮތުން އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާތައް ގާނޫނުއަސާސީގައި ހިމެނީ އެއީ ޑިމޮކްރަސީ ދަންނަ ސިފަތަކެއް ނޫންކަމަށް ތަކުރާރުކޮށް ބުނަމުން ދަނިކޮށްކަމަށް މީކާއިލް ވިދާޅުވި އެވެ. މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ހިމަނަން ޖެހޭނީ، ރައްޔިތުން އެންމެ ފަހު ބަސް ބުނާ ގޮތަށްކަމަށް އެމްޑީޕީން ފާހަގަކުރުމުން ޕީއެންސީގެ މެމްބަރުން އެކަމަށް ދެކޮޅު ހެދިކަމަށް މީކާއިލް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެ ހުށަހެޅުމަށް ތާއީދު ނުކުރާކަމަށް ވެސް މެމްބަރުން ބުނަމުން ދިޔަކަމަށެވެ.

އޭގެ ފަހުން ކުއްލި ގޮތަކަށް މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅާނީ ރައްޔިތުންގެ ވޯޓަކުންކަމަށް ހިމެނުމަށް އިސްލާހު ހުށަހެޅީ ކޮން ބޭނުމެއްގައިތޯ މީކާއިލް ސުވާލު އުފެއްދި އެވެ. އޭރު އެ މެމްބަރުން އެގޮތަށް ތާއީދު ނުކުރީ، ރައީސް އޮފީހުން އައި އިރުޝަދަކީ އެއީކަމަށް ވާތީކަމަށް މީކާއިލް ވިދާޅުވި އެވެ. އަދި މިއަދު މެމްބަރުންގެ ގޮނޑި ގެއްލެން ޖެހޭނީ ރައްޔިތުން އެ ގޮތަށް ނިންމުމުންކަމަށް ބުނުމުން އެ ދުވަހު ދެއްކި ވާހަކައާއި މިއަދު ދައްކާ އެއްވެސް ވާހަކައެއް ދިމާ ނުވާކަމަށް މީކާއިލް ވިދާޅުވި އެވެ.

މީގެއިތުރުން މީކާއިލް ވަނީ މީގެ ކުރިން ތާއީދު ނުކުރާކަމަށް ބުނި އެހެން އިތުރު ކަންކަމުގައި ވެސް ޕީއެންސީގެ ހިޔާލު ބަދަލުވެފައިވާކަމަށް ވިދާޅުވެފަ އެވެ. މިސާލެއްގެ ގޮތުން، މީގެ ކުރިން ބަހުސްކުރެވުނު ބިލެއްގައި ބައެއް މެންބަރުން ތާއީދެއް ނުކުރާކަމަށް ވިދާޅުވި ނަމަވެސް، ރައީސް އޮފީހުގެ އިރުޝާދަށް އަމަލުކޮށްފައިވާ ކަމަށް މީކައިލް ވިދާޅުވިއެވެ. އެގޮތުން ޤާނޫނުއަސާސީގައި ”ދައުލަތުގެ ހުއްދަ ހޯދުމަކާ ނުލައި އެއްވެވޭނެ“ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، މެންބަރުން ފާސްކުރެއްވި ގާނޫނެއްގައި ”ފުލުހުންނާއި ހޯމް މިނިސްޓްރީގެ ހުއްދައާ އެކުގައި މެނުވިއްޔާ މި ކަމެއް ނުކުރެވޭނެ“ ކަމަށްވާތީ، ޤާނޫނުއަސާސީއާ ހިލާފު ޢަމަލުތައް ހިންގާކަމަށް މީކައިލް ތުހުމަތު ކުރެއްވިއެވެ.

ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް ފާޑުކިއުން އަމާޒު ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، ވޯޓު ދޭންވީ ރައީސް އޮފީހުން އަންނަ ކޯލުތަކަށް ނޫންކަމަށެވެ. އަދި ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާއަށް އޮތް ބާރެއް ނޫން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޤާނޫނުއަސާސީން މުތުލަގަށް ދީފައިވާ ބާރެއްގެ ބޭނުން ނަހަމަގޮތުގައި ނުހިފޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: