މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަބްދުﷲ ނާސިރު (ހެރިންސް އައްޅޮ) އަދި މޯލްޑިވްސް ފިޝަރީޒް މާކެޓިން އެންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަންމާފުޅު ޝަރީފާ މުހައްމަދު އަވަހާރަވެއްޖެއެވެ.
ދެ ބޭފުޅުންގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ޢައިލާއަށް ތަޢުޒިޔާ ވިދާޅުވެފައި ވެއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޞިރުގެ ލޮބުވެތި މަންމާފުޅު ޝަރީފާ މުޙައްމަދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއިއެކު ކަމަށެވެ. . އަދި އެމަނިކުފާނުގެ ޕޯސްޓްގައި ވަނީ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
ނާޞިރުގެ މަންމާފުޅު ނިޔާވީ ޢުމުރުން 83 އަހަރުގައެވެ.
މައްޔިތާގެ މޫނު ދެއްކުމާއި، ކަށުކަމާކެމީގެ ކަންކަން ކުރިއަށް ދާނީ، އިސްލާމީ މަރުކަޒުގައެވެ. އެގޮތުން، ކަށު ނަމާދު އޮންނާނީ މިއަދުގެ މަޣރިބް ނަމާދަށް ފަހުއެވެ.

