ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަކާތްތަކުގައި އިސްލާމްދީނުގެ ޙުދޫދުން ބޭރު ނުވާގޮތައް ކަންކަން ކުރުމަށް ރައީސް އިލްތިމާސެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި އިސްލާމްދީނުގެ ޙުދޫދުން ބޭރު ނުވާގޮތައް ކަންކަން ކުރިޔަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާޒް ކުރައްވައިފިއެވެ.

އެކްސްގައި ހިއްސާކުރެއްވި ރައީސް ވިދާޅުވީ މިއީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި މުޖުތަމުގައި ދިރިއުޅޭ އެންމެންގެ އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެކަމެއް ކަމަށެވެ.

މުސްލިމުންގެ ސަޤާފަތާއި ޚިލާފުކަންކަމާ މުޖުތަމައު ދުރުވާންޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުން ގާތުން އެމަނިކުފާނު އެދެނީ އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް ކަމަށެވެ. އަދި ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަޤާފަތާއެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް މުޖުތަމައު ވުމަކީ މިޤައުމަށްޓަކައި ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ބައެއް ފަރާތްތަކުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި އާއްމު އިޖުތިމާތީ މިންގަނޑާއި ހިލާފަށް އެ ހަރަކާތްތައް ކުރިއަށްދާ ކަން ފާހަގަކުރެވެއެވެ. އެގޮތުން ހެދުން އެޅުމާއި، ހަރަކާތްތައް ކުރިއަށް ގެންދާ ގޮތާއި އެފަދަ ކަންކަން ވަނީ ފާހަގަވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: