ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިލުތަކާއި މެދު ގޮތް ނިންމަނީ ކޮމިޓީން ރަނގަޅަށް ދިރާސާ ކުރުމަށް ފަހު: އަބްދުއްރަހީމް

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުރިހާ ބިލެއް ހުރީ ކޮމިޓީ މަރުހަލާގައިކަމަށާއި ބިލުތައް ނިންމަނީ މަޖިލީހުގެ ތަޅުމުން ނޫންކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ކުރަން އޮންނަ މަސައްކަތަކީ މަޖިލީހަށް އަންނަ ބިލުތަކާއި ނުވަތަ ގަރާރުތަކަށް ބަހުސްކޮށް ހިޔާލުފާޅު ކުރުން ކަމަށެވެ. މިއަދާއި ހަމައަށް އައިއިރު މަޖިލީހުގައި ބިލުތަކަށް ބަހުސް ނުކުރެވިގެން މަސައްކަތްތަކެއް ފުނިޖެހިފައި ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިހާރުވެސް އިބްތިދާއީ ބަހުގައި އޮތީ ދެ ބިލު ކަމަށެވެ.

އަބްދުއްރަހީމް ވިދަޅުވީ ހުރިހާ ބިލެއް ހުރީ ކޮމިޓީ މަރުހަލާގައި ކަމަށާއި ބިލުތައް ނިންމަނީ މަޖިލީހުގެ ތަޅުމުން ދައްކާ ހުސް ވާހަކަތަކަށް ފަހު ނޫން ކަމަށެވެ. މަޖިލީހުން ބިލުތަކަށް ބަހުސްކުރުމަށްފަހު ކޮމިޓީއަށް ބިލުތައް ފޮނުވާލުމާއިއެކު ކޮމިޓީއަށް އެއާއި ގުޅުންހުރި ދާއިރާތަކުގެ މީހުންނާއި ސުވާލުކޮށް، އެއަށް އިސްލާހުތައް ގެނެސް، އެކަންކަން އިތުރަށް ދިރާސާކުރުމުގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

”ތަޅުމުގައި ބަހުސް ނުކުރެވޭނަމަ މިހާރުވެސް އިބްތިދާއީ ބަހުސްގައި އޮންނަ ލިސްޓުގައި 20 އަކަށް ބިލު އޮންނަންނ ވާނެތާ. ނެތޭ. ގަރާރެއްވެސް މިއުޅެނީ 2 ގާރެއްވަރު. ބިލުވެސް މިއުޅެނީ 2 ބިލެއްވަރު. އެހެންވީމާ އޭގެ މާނައަކީ މަޖިލީހުން ކުރަންޖެހޭ މަސައްކަތްތައް އެހުރީ ބަރާބަރަށް ކުރެވިފައޭ“

ގިނަ މެމްބަރުންތަކެއް އެކުލެވޭ މަޖިލީހަކަށް ވުމާއިއެކު ކޮންމެ މެމްބަރަކު ހުށައެޅޭ ހުރިހާ ބިލަކަށް ބަހުން ކުރަން ބޭނުން ނުވެ ދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ދަންނަ ބޭފުޅަކަށް މަޖިލިސް ހިނގާގޮތް އިނގޭނެ ކަމަށާއި، އިދިކޮޅުގެ ފަރާތްތަކުން ދައްކަމުން ގެންދަނީ ތެދު ވާހަކަތަކެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: