ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕަވަރމަންޓް ހަބްގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބާރުވެރި މުޖްތަމައުއެއް ހޯދައިދިނުން: މިނިސްޓަރ

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒީރު ޑރ. އާއިޝަތު ޝިހާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ދިވެހިރާއްޖޭގައި މުޅިން އަލަށް އެމްޕަވަމަންޓް ހަބެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ”ސަންގު“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ ވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި މިދިޔަ ދެ އަހަރެއްގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ތަފްސީލުތައް ދެއްވާފަ އެވެ. އަދި ވަކިވަކި ދާއިރާތަކާއި ގުޅޭ މައުލޫމާތުތައް ވެސް ދެއްވި އެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށްޓަކައި ބޭނުންވާ ހުނަރު އަދި ވަޒީފާއަށް ތައްޔާރުކުރުމަށް ބޭނުންވާ އެންމެހާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެމްޕަވަރމެންޓް ހަބް އެއް ގާއިމް ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސްކޫލްގެ މަރުހަލާ ފުރިހަމަކުރުމަށްފަހު، މުޖުތަމަޢުއަށް ނިކުންނަަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތައް ދެނެގަނެ، އެފަރާތްތަކުގެ ހުނަރު ތަރައްޤީކުރުމާއި، މަސައްކަތުގެ ތަޖުރިބާއާއި، އިޤްތިޞާދީ މިނިވަންކަމަށް މަގުފަހިކޮށްދޭނެ ފުރުޞަތުތައް ހޯދައިދެވިގެންދާނެ ކަމަށެވެ.

ދިވެހިރާއްޖޭގައި މުޅިން އަލަށް ޚިދުމަތް ދޭންފަށާ އެމްޕަވަރމަންޓް ހަބް އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޝާމިލުކުރަނިވި އަދި ބާރުވެރި މުޖުތަމަޢެއް ހޯދައިދިނުމަށްޓަކައި ކުރިއަށްގެންދެވޭ ޚިދުމަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

”އަޅުގަނޑުމެން މިހާރު ހިންގައިފިން، ޖޮބް ރެޑިނެސް ކިޔާ ޕްރޮގްރާމެއް. އެ ޕްރޮގްރާމްގައި ވާގޮތަކީ އަޅުގަނޑުމެން ވާޒީފާއަށް ދާން ބޭނުންވާ ސްކޫލް ނިންމާފައި ތިބޭ ހިސާބުން ކުދިން 6 މަސް ދުވަހުގެ ތަމްރީނެއް، އެންމެ ފުރަތަމަ ޕްރޮގްރާމްގައި 3 މަސްދުވަގެ ތަމްރީނެއް ހިންގާފައި ދެން އިންޓާންޝިޕް އާއިއެކު ވަޒީފާއާ ހަމައަށް ދެވެނީ“

މި ޕްރޮގްރާމްގެ ތެރެއިން، އެކަނި ދިރިއުޅުމާއި، އުޅަނދު އޮޕަރޭޓް ކުރުމާއި އެފަދަ ކަންކަން ދަސްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޖޮބްރެޑިނެސްގެ ދެވަނަ ޕްރޮގްރާމް ހިންގުމަށްފަހު މިހާރު އެކުދިން އުޅެނީ އިންޓާންޝިޕްގައި ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރަށް ސައިން ލެންގުޖޭޖް ކޯސްތަކެއްވެސް ހިންގޭ ކަމަށާއި އެކުދިންގެ ހާޅު ބެލުމުގެ ތެރެއިން އެފަދަ އެތައް ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: