ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 9.9 އިންސައްތަ އިތުރުވެއްޖެ

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ). ފޮޓޯ: އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 9.9 އިންސައްތަ އިތުރުވެފައިވާކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިކަން ހާމަވީ މާލީ ވުޒާރާއިން އާންމު ކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުންނެވެ.

މި ރިޕޯޓުން ދައްކާ ގޮތުގައި ޖުމްލަ އާމްދަނީއާއި ހިލޭ އެހީ 33.2 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ކުރީ އަހަރުގެ 30.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 9.9 އިންސައްތައި ގެ ކުރިއެރުމެކެވެ. ޓެކްސް އާމްދަނީ 7.7 އިންސައްތަ އިތުރުވެ 24.8 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. މުދަލާއި ޚިދުމަތުގެ ޓެކްސް ނުވަތަ ޖީއެސްޓީ އާމްދަނީ 11.5 އިންސައްތަ އިތުރުވެ 13.5 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި އަހަރުގެ ޖުލައި 1 އިން ފެށިގެން ޓޫރިޒަމް ޖީ.އެސް.ޓީ ނުވަތަ ޓީ-ޖީ.އެސް.ޓީ ރޭޓު %17 އަށް ބޮޑުކޮށްފައިވާތީ 13.7 އިންސައްތަ އިތުރުވެ 9.0 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ގްރީން ޓެކްސް 108.0 އިންސައްތަ އިތުރުވެ 1.9 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، އެއަރޕޯޓް ސަރވިސް ޗާޖަސް/ޑިޕާޗަރ ޓެކްސް 60.2 އިންސައްތަ އިތުރުވެ 1.5 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް މާލީ ވުޒާރައިން މައުލޫމާތުދީފައިވެއެވެ.

ޓެކްސް ނޫން އާމްދަނީ 22.1 އިންސައްތަ އިތުރުވެ 8.2 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ ތެރެއިން އެކިއެކި ޚިދުމަތަށް ނެގޭ ފީގެ ގޮތުގައި ލިބޭ އާމްދަނީ 60.3 އިންސައްތަ އިތުރުވެ 3.7 ބިލިޔަން ރުފިޔާއަށް އަރާފައިވެއެވެ. މި އިތުރުވުމުގެ ބޮޑުބައެއް ހިއްސާކުރަނީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީކަމަށްވާއިރު، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިހާތަނަށް 1.6 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ 60.4 އިންސައްތައިގެ އިތުރުވުމެކެވެ.

މި ރިޕޯޓުގައި ޖުމްލަ ޚަރަދު 34.1 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައިވާއިރު، މިއީ ކުރީ އަހަރުގެ 39.4 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 13.5 އިންސައްތައި ގެ ދަށްވުމެކެވެ. ސަރުކާރު ހިންގުމުގެ ޚަރަދުތައް 10.7 އިންސައްތައިން ދަށްކޮށް މިދިޔަ އަހަރާ އަޅައިބަލާއިރު 2.0 ބިލިޔަން ރުފިޔާއިން ޚަރަދުތައް ކުޑަކޮށްފައިވެއެވެ.

ސަރުކާރުން ދޭ އެހީ އިޝްތިރާކާއި ސަބްސިޑީސްއަށް ކުރާ ޚަރަދުތައް ކުރީ އަހަރާ އަޅައިބަލާއިރު 4.0 އިންސައްތައިން ކުޑަކޮށްފައިވާއިރު، އަދި ވަކިން ހާއްސަކޮށް ސަބްސިޑީއަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އިތުރު ނަމަވެސް، މިބަޔަށް ހިނގާފައިވާ ޚަރަދުތައް ފާއިތުވި އަހަރާ އަޅައިބަލާއިރު 11.1 އިންސައްތަ ދަށެވެ. މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށްވެފައިވުން ކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ޕީ.އެސް.އައި.ޕީގެ އެންމެ ބޮޑު ބައެއް ޚަރަދުކުރެވިފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށެވެ. މިއީ 4.3 ބިލިޔަން ރުފިޔާއެވެ. ވައިގެ ބަނދަރުތަކުގެ އިންވެސްޓްމަންޓް 10.5 އިންސައްތަ އިތުރުވެ 3.2 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ބްރިޖްއެޅުމަށް 846.7 މިލިޔަން ރުފިޔާ އަދި ބަނދަރުހެދުމަށް 309.4 މިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: