ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލެ ސްޓޭޝަނުން ގެއްލުނު ސިނގިރޭޓުގެ މައްސަލައިގައި ބައިވެރިވި ބަޔަކު ހޯދައި ފިޔަވަޅު އަޅާނަން: ފުލުހުން

ހޯކްސްގެ ބޯޓެއްގައި ރާއްޖެ އެތެރެކުރި ސިނގިރޭޓް ކާޓަންތައް ކަސްޓަމްސް އޮފިސަރުން ޗެކް ކުރަނީ.---ފޮޓޯ: ކަސްޓަމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލެ ޕޮލިސްޓޭޝަނުން ސިނގިރޭޓު ކާޓަން ގެއްލުނު މައްސަލައިގައި ބައިވެރިވީ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.

ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް މަދުވެފައިވާ ދެ މައްސަލައަކާއި ގުޅޭ ގޮތުން ފުލުހުން ނެރުން ބަޔާނެއްގައި ބުނީ، ގާނޫނާއި ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާކަމަށް ތުހުމަތުކުރެވިގެން މެއި 23 ވަނަ ދުވަހު 32 ކާޓަމން ސިނގިރޭޓު ބިދޭސީއެއްގެ އަތުން ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. މި ތަކެތި ކަސްޓަމްސްއާއި ހަވާލުކުރުމަށްޓަކައި 2025 ނޮވެމްބަރު 12 ވަނަ ދުވަހު ބެލި އިރު، އެ ތަކެތީގެ ތެރެއިން 6 ކާޓަން ސިނގިރޭޓް މަދުކަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލަމުން ދަނިކޮށް، ދެ ބިދޭސީއެއްގެ އަތުން 2024 ޑިސެމްބަރު 23 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި 25 ކާޓަން ސިނގިރޭޓުވެސް ނެތްކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުންގެ ހިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ދަނީ މި ދެ މައްސަލައާއި ގުޅޭ ގޮތުން ފުރިހަމަ ތަހުގީގެއް ހިންގަމުންކަމަށްވެސް ބުނެފައިވެއެވެ.

އެ ހިދުމަތުގެ އަހުލާގީ މިންގަނޑުތަކާއި އަސާސީ އުސޫލުތަކާއި ހިލާފަށް އެފަދަ ކޮންމެ ކަމަކީ، ބޮޑު އިސްކަމެއް ދީގެން ތަހުގީގުކޮށް ގާނޫނު ފިޔަވަޅު އަޅާނެކަމަށްވެސް ބުނެފައިވެއެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަންކަންކަމަށް ބުނެފައިވެއެވެ. އަދި މިކަމަކީ ފުލުހުންގެ ފަރާތުން ފެންނަންޖެހޭ އަހުލާގާއި، ހަރުދަނާ މަސައްކަތުގެ ރޫހާ ކަނޑައެޅިގެން ހިލާފު ކަންކަމަށްވެސް ބުނެފައިވެއެވެ. މިކަމުގައި ބައިވެރިފައިވާ ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން އެ ހިދުމަތުގެ ކުރާނެކަމަށްވެސް ބުނެފައިވެއެވެ.

އެ މުއައްސަސާގެ ހުރުމަތް ކުޑަކޮށް އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަަކަށް ދިވެހި ފުލުހުންގެ ހިދުމަތުން ނުދޭނެކަމަށްވެސް ބުނެފައިވެއެވެ. ފުލުހުންގެ ހިދުމަތުގެ ހުރިހާ މުވައްޒަފުންނަކީވެސް، ޖަވާބުދާރީވުމާއި، ނަހާތްތެރިކަން ހިފަހައްޓައި ސާބިތުކަމާއިއެކި ދެމިތިބެ، އިހުލާސްތެރި ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމަކީވެސް އެ މުވައްސަސާގެ އަމާޒުކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: