ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޫޕްހޯލްތައް ބަންދުކޮށް، މަސްތުވާތަކެތި އެތެރެ ކުރާ ބޮޑުން ހިފެހެއްޓުމަށް އާ ސްޓެރެޓެޖީތަކެއް

ހޯމް ލޭންޑް މިނިސްޓަރ އަލީ އިހުސާން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި މިހާތަނަށް އޮތް ލޫޕް ހޯލްތައް ބަންދުކޮށް، ރާއްޖެއަށް އެތަކެތި އެތެރެކުރާ މީހުން ހިފެހެއްޓުމަށް ސަރުކާރުން ގިނަ ފިޔަވަޅުތައް އަޅާފައިވާނެކަމަށް ހޯމް ލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މި ބަދަލާއި އެކު ތަހުގީގީ އަދި ޝަރީޢަތުގެ ކަންކަން ހަރުދަނާކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިހުސާން ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް ރާއްޖޭގައި އަމަލުކުރެވިފައި އޮތީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އަތުގައި މަސްތުވާތަކެތި ހުރެގެން އަތުލެވޭ މީހުން ހައްޔަރުކޮށް، އެމީހުންގެ މައްޗަށް ތަހުގީގު ހިންގުމުގެ އުސޫލުންނެވެ. ނަމަވެސް، އޭގެބަދަލުގައި މިހާރު ހޯމް ލޭންޑް މިނިސްޓްރީއާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ގެންގުޅެނީ ތަންކޮޅެއް ތަފާތު ސްޓްރެޓެޖީއެއްކަމަށް އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، ޑްރަގް ވިޔަފާރީގައި ބައިވެރިވާކަމަށް ބުނެ މަސްތުވާތަކެތި ބޭނުން ކުރާ މީހާ ޖަލަށް ލައި ބޮޑެތިން އަތުން ދޫވެތިބި ދުވަސްތައް މާޒީވެފައިވާކަމަށެވެ. މި ސަރުކާރުގެ މަސައްކަތްތައް އެންމެ ބޮޑަށް އަމާޒުކުރެވެނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ވިއްކުން ފަށާ މީހުންނަށާއި، މޭޖަރ އިމްޕޯޓަރުންނާއި ސަޕްލަޔަރުން ހިފެހެއްޓުންކަމަށް އިހުސާން ވިދާޅުވި އެވެ. އެއީ މިފަދަ މައްސަލަތަކުގައި ލައިންގެ އެންމެ ކުރީ ހުންނަ މީހާގެ މައްސަލަ ވެސް ބަލަން ޖެހޭތީކަމަށް އިހުސާން ވިދާޅުވި އެވެ.

މި ސްޓްރެޓެޖީގެ ދަށުން، މި ފަދަ ބޮޑެތި މީހުން ހިފޭނެ ގޮތަށް ގާނޫނަށް ބަދަލުތައް ގެނެސްފައިވާކަމަށާއި، މި ކަންކަމުގައި ވަކިވަކި ތަހުގީގީ އުކުޅުތައް ބޭނުން ކުރަމުން ގެންދާނެކަމަށް އިހުސާން ވިދާޅުވި އެވެ.
ކުރިން މަސްތުވާތަކެތި ވިއްކާ މީހުންނަށް އަމާޒުކުރެވިފައި އޮތް ފޯކަސް، މިހާރު މަސްތުވާތަކެތި އެތެރެކުރާ މީހުންނަށާއި، މަސްތުވާތަކެތީގެ ނެޓްވޯކްތައް ނައްތާލުމަށް ބަދަލުކުރެވިފައިވާކަމަށް އިހުސާން ފާހަގަކުރެއްވިއެވެ.

މިހާތަނަށް އަމަލުކުރެވިފައިވާ ރާއްޖޭގެ އޮތް ގޮތަކީ ޑްރަގްސް ބޭނުންކުރާ މީހުން ހައްޔަރު ކުރުމާ، ޑްރަގްސް ބޭނުންކުރާ މީހުންގެ ތެރެއިން އަދި އޭގެ ބޭރުން އަތުގަ ޑްރަގްސް ހުރެގެން އެމީހާ ހައްޔަރުކޮށްގެން އޭގެ މައްޗަށް ތަހުގީގު ހިންގާ އެމީހާ ޑްރަގް ޓްރެފިކިންގް އަށް ނުވަތަ ޑްރަގް ބޭނުންކުރި މީހެއްގެ ގޮތުގަ ބަލާ. ޖަލަށް ލައިގެން މިކަން ކުރަނީ. އަޅުގަނޑުމެން އެކަން ކުރަނީ ތަންކޮޅެއް ތަފާތުކޮށް. އަޅުގަނޑުމެން ގަބޫލުކުރަނީ އަޅުގަނޑުމެން ގޮސް ހިފަންޖެހެނީ މި ލައިންގެ އެންމެ ކޮޅުގަ ހުރި މީހާގެ ގައިގަކަމަށް… ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ވިއްކުން ފަށާ މީހުން. މޭޖަރ އިމްޕޯޓަރުން އަދި ސަޕްލަޔަރުން. މި މީސްމީހުންގެ ގައިގަ މިމީސްމީހުން ފަހަތުން އަޅުގަނޑުމެން ދާނީ…

އިހުސާން ވިދާޅުވި ގޮތުގައި މި ސްޓްރެޓެޖީގެ އެންމެ މުހިންމު އެއް ތަފާތަކީ މީހުން މައްސަލަތަކުން ރެކިގެންދާ ލޫޕް ހޯލްތައް ބަންދުކުރުމެވެ. މިނިސްޓަރ ވިދާޅުވީ، ކުރިން ގިނަ މައްސަލަތަކުގައި މީހުން ދެމިގަންނަ ގޮތްތައް ދިރާސާކޮށް، ގާނޫނަށް ބޭނުންވާ އިސްލާހީ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އަދި އިދާރީ މައްސަލަތަކާއި ތަހުގީގުގައި ހުންނަ ކުދިކުދި ލޫޕް ހޯލްތަކުން މީހުން ދެމިގަންނަ ކަން ފާހަގަކުރެވި، އެކަންކަން އިސްލާހު ކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ފުލުހުންނާ ވަރަށް ގާތުން މަސައްކަތްކުރަމުންދާ ކަމަށެވެ. ހާއްސަކޮށް، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ވަރަށް ގާތުން މަސައްކަތްކުރެވޭ ކަމަށާއި، ފުލުހުންގެ ތެރޭގައި ވެސް ރިވިއު ކޮމިޓީތައް ހަދައިގެން ތަހުގީގތައް ހަރުދަނާކުރަންޖެހޭ ދާއިރާތައް ފާހަގަކޮށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ފާހަގަކުރެއްވީ ކުރީގައި ކްރިމިނަލް ކޯޓުގައި ޖާގަ ނެތުމުގެ ސަބަބުން މައްސަލަތައް ލަސްވެ، އެކަމުގެ ސަބަބުން ކުށްވެރިންނަށް އެކި ލޫޕް ހޯލްތައް ހޯދައި، ޝަރީއަތް އެކި ބަހަނާތައް ބޭނުންކޮށްގެން ގަސްދުގައި ލަސްކުރުމަށް މަސައްކަތް ކުރުމެވެ. އަދި އޭގެ ތެރޭގައި ހެއްކަށް ނުފޫޒު ފޯރުވުމަށް ވެސް މަސައްކަތް ކުރާކަމަށް އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެގުމުގެ ދަށުން ކްރިމިނަލް ކޯޓަށް އާ އިމާރާތެއް ލިބި، އެ އިމާރާތުގައި ބާރަ ކޯޓް ރޫމް ހެދިފައިވާތީ، ޝަރީޢަތުގެ ކަންކަން ވަރަށް އަވަހަށް ކުރިއަށްދާކަމަށެވެ. އިހުސާން ވިދާޅުވީ އިންސާފު ގާއިމުކުރުމުގައި ކުރިން ހުރި ގިނަ ހުރަސްތައް މިހާރު ނައްތާލެވިފައިވާކަމަށާއި، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުން ބޭނުންވާ ނަތީޖާ ހާސިލުކުރެވޭނެކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: