ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި ފަނޑިޔާރަކަށް ވީތީ ސުލޫކީ މައްސަލައެއް ނުބަލަން، ގޮތް ނިންމަނީ ހެކީގެ މައްޗަށް: ޖޭއެސްސީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިމާރާތް/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި ވަކި ކޯޓެއްގެ ފަނޑިޔާރަކަށްވީތީ ނުވަތަ ވަކި ފަރާތަކަށް ބުރަވެގެން ޢަމަލުކޮށްފައި ނުވާނެކަމަށާއި، މައްސަލައެއްގައި ގޮތް ނިންމަނީ ހެކީގެ މައްޗަށް ބިނާކޮށްކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ހައިކޯޓުން މިހެން ބުނީ ހައިކޯޓުގެ ފަސް ފަނޑިޔާރެއގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ކުއްލި ގޮތަކަށް ބަލަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. އެ ކޮމިޝަނުން މި މައްސަލަތައް ބަލަން ފެށުމުން، މިއީ ނުފޫޒު ފޯރުވުންކަމަށް ބުނެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

ޖޭއެސްސީން ބަލަމުން ދަނީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒާއި، ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހުސެއިން މަޒީދާއި، ފަނޑިޔާރު ދީބަނާޖް ފަހުމީގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ މައްސަލަ އެވެ.

ފާޑުކިއުން އަމާޒުވެފައި ވަނިކޮށް މައްސަލައިގައި ބަޔާނެއް އާންމުކޮށް ޖޭއެސްސީން ބުނެފައިވަނީ، ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި ވަކި ކޯޓެއްގެ ފަނޑިޔާރަކަށްވީތީ ނުވަތަ ވަކި ފަރާތަކަށް ބުރަވެގެން ޢަމަލު ނުކުރާނެ ކަމަށެވެ.  އަދި އެ ކޮމިޝަނަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، ވަކިފަރާތަކަށް ބުރަނުވާ، މުސްތަޤިއްލު މުއައްސަސާއެއްކަމަށް ފާހަގަކުރި އެވެ. ޖޭއެސްސީން ބުނީ ގާނޫނު ލާޒިމު ކުރަނީ، މަސްއޫލިއްޔަތުތައް ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާ އެއްގޮތްވާ ގޮތުގެމަތީން ކުރިޔަށް ގެންދިއުމަށް ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުގެއަކީ ރައްޔިތުން އިތުބާރުކުރާ، އަދުލުއިންސާފު އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭ ތަނަކަށް ހެދުމަކީ ޖޭއެސްސީގެ ޒިންމާ އާއި މަސްއޫލިއްޔަތެއް ކަމަށެވެ. މިކަން ކަށަވަރުކުރުމަށްޓަކައި، އަދުލުވެރިކަމާއެކު ޝަރީޢަތް ހިންގާ، އަވަސްކަމާއެކު އިންސާފު ފޯރުކޮށްދޭ ފަރާތްތަކަކަށް ޝަރުޢީ ކޯޓުތަކުގައި މަސައްކަތް ކުރައްވާ އެންމެހައި ފަނޑިޔާރުން ވާންޖެހޭނެކަމަށް ޖޭއެސްސީން ބުންޏެވެ.

މި މަގްސަދު ހާސިލްކުރުމަށްޓަކައި، ފަނޑިޔާރުންނާއިމެދު ހުށަހެޅޭ ޝަކުވާތައް ބަލައި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބަލައި، ތަމްރީން ދީ، ވަކީން ޙާއްސަ ގޮތެއްގައި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، ފަނޑިޔާރުންގެ މަސައްކަތާއި ގުޅޭ އިދާރީ އިންތިޒާމްތަކާއި ކަންކަން ހަމަޖެހިފައިވޭތޯ ކޮމިޝަނުން ދަނީ ދުވަހުން ދުވަހަށް ކަށަވަރު ކުރަމުންކަމަށް ބަޔާނުގައި ވެއެވެ.

ޖޭއެސްސީން ބުނީ އެ ކޮމިޝަނަށް ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި ސަމާލުކަން ދެނީ ވަކި ކޯޓެއްގެ ފަނޑިޔާރަކަށް ވީތީ، ވަކި ގޮތަކަށް ޢަމަލުކުރުމަކަށް ނޫންކަމަށެވެ. އަދި ބުނީ އެއީ ކޮންމެ ކޯޓެއްގެ ފަނޑިޔާރަކަށްވީ ނަމަވެސް، ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ އަލީގައި މައުލޫމާތު ސާފުކޮށް، ބަލަންޖެހޭ އެންމެހައި ކަންކަން އެންމެ ފުރިހަމައަށް ބެލުމަށްފަހުގައި ނޫނީ އެއްވެސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަކަށް ކޮމިޝަނުން ނިންމާފައެއް ނުވާނެ ކަމަށެވެ.

މިކަން ކޮމިޝަންގެ ތަފާސްހިސާބުތަކުން ކަށަވަރުކޮށްދޭ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ. އެގޮތުން، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 176 ޝަކުވާ ކޮމިޝަނަށް ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން ތަހުގީގު ކުރަން ނިންމާފައިވަނީ 57 ޝަކުވާކަމަށް ބުންޏެވެ. އަދި ސުލޫކީ މައްސަލަ ބެލުމަށްފަހު، ސާބިތުވެ، ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 3.4 އިންސައްތަ ނުވަތަ 6 ފަނޑިޔާރުންނަށްކަމަށް ވަނީ ބުނެފަ އެވެ. މިއީ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގެ ނިސްބަތުން ބަލާނަމަ މަދު އަދަދެއް ކަމަށް ޖޭއެސްސީން ފާހަގަކުރެއެވެ.

ޖޭއެސްސީން ބުނެފައިވަނީ، އެ ކޮމިޝަނުން ސަމާލުކަން ދެނީ ހުށަހެޅިފައިވާ ޝަކުވާއާއި އެ ޝަކުވާއަކާ ގުޅިގެން ހުށަހަޅާ ހެކީގެ މައްޗަށް ކަމަށެވެ. އަދި ވަކި ފަނޑިޔާރަކަށް ނުވަތަ ވަކި ކޯޓަކަށް ނިސްބަތްވުމުން ތަހުގީގު ކުރުމަކަށް ނޫންކަމަށް ތަކުރާރު ކުރި އެވެ. އެހެންކަމުން، ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ކޮމިޝަނުން ވަކިން ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގު ކުރާކަމަށް ދޭހަވާ ގޮތަށް އާންމުގެ މެދުގައި މަޢުލޫމާތު ފެތުރުމަކީ އެންމެ ޒިންމާދާރު ގޮތް ނޫންކަމަށް ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: