ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްކޯގެ ހިދުމަތްތައް ފުޅާކޮށް، ކުނި މެނޭޖްމަންޓް ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް!

އެންވައިރޮމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ހިދުމަތްތައް ފުޅާކޮށް ކުނި މެނޭޖު ކުރުމުގެ ގައުމީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް އެންވައިރޮމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރުން ފުރުމާއި ދިމާކޮށް ”ސަންގު“ އިން ކުރިޔަށް ގެންދިޔަ ހާއްސަ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ތޯރިގް ވިދާޅުވީ، މުޅި ރާއްޖޭގައި ވެމްކޯގެ ހިދުމަތްތައް ފުޅާކޮށް، ކުނި މެނޭޖްމަންޓްގެ ދާއިރާއިން ދެމެހެއްޓެނިވި އަދި ވަށާޖެހޭ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ފުޅާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި ރާއްޖޭގެ ރަށްރަށުގައި ވެމްކޯގެ ޚިދުމަތްތައް ފެށުމާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ތަރައްގީކުރުން ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މިނިސްޓަރ ތޯރިގް ވިދާޅުވިގޮތުގައި، ރައީސް މުއިއްޒު ވަނީ މާލޭގައި ވެމްކޯގެ ހިދުމަތް ދެމުންދާ ގޮތަށް، އާބަން ސެންޓަރުތަކާއި އަތޮޅުވެރިކަން ކުރާ ހުރިހާ ރަށެއްގައި ވެމްކޯގެ ހިދުމަތް ފަށަން ނިންމަވާފަ އެވެ. އެގޮތުން، އެ ރަށްރަށުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ގާއިމުކޮށް، އާބަން ސެންޓަރުތަކާއި އަތޮޅުވެރިކަން ކުރާ ރަށްރަށުގައި ވެމްކޯގެ ހިދުމަތް ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބައެއް ރަށްރަށަށް ހިދުމަތް ފެށުމަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް މިހާރު ހަވާލު ކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، އަތޮޅުތަކުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ހިންގާ ކައުންސިލްގެ ފަރާތްތަކާއި، މި މަސައްކަތުގައި ހަރަކާތްތެރިވާ އެހެނިހެން ފަރާތްތަކަށް މެދުނުކެނޑި ތަމްރީނު ދިނުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދެން އަނެއްބައި ރަށްރަށަށް ހިދުމަތް ފެއްޓުމަށްޓަކާ ބޭނުންވާ އިކުއިޕްމަންޓް ހޯދުމަށް މިހާރު މިއޮތީ އަޅުގަނޑުމެން ބަޔަކާ ހަވާލުކޮށްފަ… އެހެންވީމަ ވަރަށް ބައިވަރު މަސައްކަތްތައް ވޭސްޓް މެނޭޖްމަންޓް ދާއިރާއިން ކުރެވޭނެ.

ތޯރިގް ވިދާޅުވީ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވަށާޖެހޭ ގޮތަކަށް ކުރިއަށްގެންދިއުމަށް ތިލަފުށީގައި ގާއިމުކުރާ ސެންޓްރަލް ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރ ފުޅާކުރުމުގެ މަސައްކަތަށް ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅާ ކަމަށެވެ. މިއާއިއެކު ސަރަހައްދުތަކުގައި ޓްރާންސްފަރ ސްޓޭޝަނެއް ހެދުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް ވަނީ ވިދާޅުވެފަ އެވެ.

ދެކުނުގެ ވޭސްޓް މެނޭޖްމަންޓް ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ތޯރިގު ވިދާޅުވީ އައްޑޫގައި މިހާރު ހުރި އިންސިނިނޭޓަރ އެކަނި ހިމެނޭ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރ ފުޅާކޮށް، ވަށައިގެން ހުންނަންޖެހޭ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރުމަށްޓަކައި ޑިޒައިންތައް ހަދައި، ޓެންޑަރ ކުރުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ.

މީގެ އިތުރުން، އެއްރަށުން އަނެއްރަށަށް ކުނި އުފުލުމަށް ބޭނުންވާ އިކުއިޕްމަންޓްތައް، ނުވަތަ ކޮޅުވެއްޓި ފަދަ ޓްރާންސްފަރ ވެސެލްތައް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުނި މެނޭޖު ކުރުމާއި ގުޅޭގޮތުން ތޯރިގު ވާހަކަ ދެއްކެވިއިރު، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ރަށްތަކުގައި ކުނި މެނޭޖު ކުރުމުގެ ވަސީލަތްތައް ގާއިމުކުރުމާއި އެކު، ބޭނުންވާ މެޝިނަރީސްތައް ގެނައުމުގެ މަސައްކަތް މިދިޔަ ދެ އަހަރެއްގެ ތެރޭގައި ކުރެވިފައިވާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: