ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާޕޯޓް ޑިވެލޮޮޕްމަންޓް ފީގެ ގޮތުގައި ނެގޭ އަދަދު ބޮޑު ކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް - (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

އެއާޕޯޓު ޑިވެލޮޕްމެންޓް ފީ (އޭޑީއެފް)ގެ ގޮތިގައި ބިޒްނަސް ކްލާހާއި ފަސްޓް ކްލާހުގައި ދަތުރުކުރާ ފަރާތްތަކުން ދަންކަން ޖެހޭ އަދަދު ބޮޑުކޮށް އިތުރު އާމްދަނީ ހޯދަން ބަޖެޓްގައި ހިމަނައިފި އެވެ.

މިއަދު ސަރުކާރުގެ ފަަރާތުން މިނިސްޓަރ  އޮފް ފިނޭންސް އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2020 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އޭޑީއެފްގެ ގޮތުގައި ނަގާ ޓެކްސް ބިޒްނަސް ކްލާހާއި ފަސްޓް ކްލާހުން ދަތުރުކުރާ މީހުންގެ އަތުން ނަގާ ފީ ބޮޑު ކުރުމަށެވެ.

މިގޮތުން ފަސްޓް ކްލާސް ފަސިންޖަރުން އަތުން 90 ޑޮލަރު ނެގުމަށާއި ބިޒްނަސް ކްލާސް ފަސިންޖަރުން އަތުން 60 ޑޮލަރު ނެގުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު އޭޑީއެފްގެ ގޮތުގައި ނެގެނީ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރެވެ. އަދި ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރު ނެގެއެވެ.

ހަމައެއާއެކު، ދައުލަތުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަށް ގެންދިއުމަކީ މި ބަޖެޓުން އަމާޒުހިފާނެ ކަމެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ސަރަހައްދީ ހަބްތަކެއް ތަރައްޤީކުރުމާއި، އެ ހަބްތަކުގައި ދައުލަތުގެ އާންމު ޚިދުމަތްތައް ދިނުމުގެ ގާބިލުކަމާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރޭވިފައިވާ ކަމަށެވެ.

މި ބަދަލުތަކާ އެކު ބަޖެޓަށް 159.6 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިއީ މިއަހަރުގެ އޭޑީއެފްއިން ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީއަށް ވުރެ 24.3 އިންސައްތަ ބޮޑު އަދަދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: