ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިނގިރޭސި ބަސް މިއަދު ނުފޫޒުގަދަ ވިޔަސް، މުސްތަގުބަލުގައި ކަންތައްތައް އޮންނާނީ ތަފާތުކޮށް: އާދަމް ނަސީރު

ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސި ބަސް މިއަދު ނުފޫޒުގަދަ ވިޔަސް، މުސްތަގުބަލުގައި ކަންތައްތައް އޮންނާނީ ތަފާތުކޮށް ކަމަށް ދިވެހި ބަހާއި ސަގާފަތާއި އަދި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ނަސީރު ވިދާޅުވީ، ވަކި ބަހެއްގެ ނުފޫޒު ގަދަވުމާބެހޭގޮތުން އާންމުކޮށް ދެކެވޭ ވާހަކަތަކަށް ކަމަށާއި، އޭގެ ތެރެއިން އެންމެ އާންމުކޮށް ދެކެވޭ ވާހަކައަކީ އިނގިރޭސި ބަހުގެ ނުފޫޒު ގަދަވުމުގެ ވާހަކަ ކަމަށެވެ.

އެހެން ނަމަވެސް، އިނގިރޭސި ބަހުގެ ނުފޫޒު ބޮޑުވެ ފުޅާވަމުންދާ ކަމަށް ބުނެވޭ ވާހަކައަކީ ހަގީގަތެއް ނޫންކަމަށް ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރ ވިދާޅުވީ ގޮތުގައި ހަގީގަތަކީ، ދުނިޔޭގައި އެހެން ބަސްތައް ދިރުމާއި ކުރިއެރުން ހޯދައި، ބާރުގަދަވަމުންދާ މަންޒަރު ފެންނަމުންދާ ކަމެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، އިނގިރޭސިންނަށްވުރެ ތަފާތު ބާރުތަކެއް ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި އުފެދެމުންދާ ކަމަށާއި، އެއާއެކު އެ ބާރުތަކާ ގުޅިގެން އެ ބައެއްގެ ބަސްވެސް ކުރިއަރައިގެންދާނެ ކަމަށެވެ. މިކަމަށް މިސާލު ދައްކަވަމުން ފާހަގަކުރެއްވީ، އިނގިރޭސިން ކުރިއަރައި، ދުނިޔޭގެ މައްޗަށް ނުފޫޒުވެރިވީ، އެ މީހުންގެ ބަހުގެ ނުފޫޒާއެކު ކަމެވެ.

އެހެންކަމުން، ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި އެހެން ބާރުތައް އުފެދެމުންދާއިރު، އެ ބައެއްގެ ބަސް ދުނިޔެއަށް ފަތުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިނގިރޭސި ބަހުގެ ނުފޫޒާ ގުޅޭގޮތުން ދިވެހީންގެ ގިނަ ފަރާތްތަކުން ވިސްނާ ވިސްނުން ބަދަލުކުރަން ޖެހޭކަމަށް ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މުސްތަގުބަލު އޮތީ އިނގިރޭސި ބަހުގައި ނޫން ކަމަށާއި، އެހެން ބަސްބަސްވެސް މުސްތަގުބަލުގައި ފުރުސަތުތައް ހޯދާނެކަމަށް ވިސްނުން ބައްޓަން ކުރަންޖެހޭ ކަމަށެވެ.

ގައުމެއް ގައުމެއްގެ ގޮތުގައި ކުރިއަރާއިރު، ކޮންމެ ބަޔަކުވެސް އިސްކަމެއް ދޭނީ އެ ބައެއްގެ ބަހުން އެހެން ބަޔަކަށް ނުފޫޒު ފޯރުވުމަށް މިނިސްޓަރ ވިދާޅުވި އެވެ. ސަބަބަކީ، ބަހަކުން ނުފޫޒު ފޯރުވުމާއި ބަހެއް ދަސްވުމަކީ، އެ ބަހެއްގެ ސަގާފަތުގެ ތެރެއަށް، އަދި އެ ބަހެއްގެ އަހުލުވެރިންގެ ގަބޫލުކުރުންތަކުގެ ތެރެއަށް އެ ބަޔަކު އެނބުރިގެންދާ ކަމެއް ކަމުގައި ވާތީއެވެ. މިހެންކަމުން، ބަހަކީ ވަރަށް އަސަރުގަދަ، ނުފޫޒުގަދަ އެއްޗެއް ކަމަށާއި، އެހެންވެ ކޮންމެ ބައެއްވެސް އެ ބައެއްގެ ބަސް ކުރި އަރުވަން މަސައްކަތް ކުރަނީކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިއަދު އިންގިރޭސި ބަހަކީ، ނުފޫޒު ގަދަ ބަހެއް ކަމަށެވެ. އެހެންނަމަވެސް، މުސްތަގުބަލުގައި ކަންތައްތައް އޮންނާނީ އެހެން ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: