ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިޔަށް އޮތް ތިން ދުވަހު ރާއްޖޭގެ ބައެއް ރަށްތަކަށް މޫސުން ގޯސްވާނެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ތިން ދުވަހު ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ގައުމީ މޫސުމާއި ބެހޭ އިދާރާއިން ސަމާލު ނެރެފި އެވެ.

ރާއްޖޭގެ ހުޅަނގު ދެކުނަށް ހުޅަނގު މޫސުމުގެ އަސަރު ގަދަވާތީ، 2025 ނޮވެމްބަރު 24 ގެ މެންދުރުފަހުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް ބައެއް ރަށްތަކަށް ވިއްސާރަވާނެކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. އަދި ވައި ބާރުވެ، އަދި ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭތީ ދަތުރުކުރުމުގައި ސަމާލުވުމަށް ވަނީ އެދިފައެވެ.

ރާއްޖެއަށް މިހާރު މި ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި، ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ހއ. އަތޮޅުން ފެށިގެން ވ އަތޮޅަށް ހުދުސަމާލު އިއުލާންކޮށްފައެވެ. އަދި، ހއ. އތޮޅުން ފެށިގެން އދ އަތޮޅަށް ވެސް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

މެޓް އޮފީހުން ވަނީ، ކަނޑު ދަތުރުކުރާ އެންމެހާ ފަރާތްތަކާއި، އާންމު ރައްޔިތުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އެންމެ ފަހުގެ މޫސުމީ ލަފާތަކާއި އިންޒާރުތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: