ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަމަށް ކަނޑައެޅި 2.8 ބިލިއަންގެ ތެރެއިން ހަރަދު ކުރެވޭނެ ކަމަށް އޮތީ 390 މިލިއަން؛ މިއީ ސުވާލު އުފެދޭ ކަމެއް: ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒިޔާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް 2.8 ބިލިއަން ކަނޑައަޅިއިރު، އެކަމަށް ހަރަދު ކުރެވޭނެ ކަމަށް ރިވައިޒް ބަޖެޓުގައި އޮތީ 390 މިލިއަން ކަމަށް ވުމުން ސުވާލު އުފެދޭކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ޒިޔާދު ވިދާޅުވީ ސަރުކާރަށް ލިބޭނެ ފުރަތަމަ ބަޖެޓަކީ 19 ވަނަ މަޖިލީހުން ހަދާފައިވާ ބަޖެޓު ކަމަށެވެ. އެހެންނަމަވެސް އިންތިގާލީ މަރުހަލާގެ ތެރެއިންވެސް އޭރު ފޮނުވި ގާތްގަނޑަކަށް ހުރިހާ ކަމެއް އެ ބަޖެޓުގައި ހިމެނި ކަމަށް ޒިޔާދު ވިދާޅުވިއެވެ.

އޭގެން ކަނޑާލީ އެންމެ ކަމެއް ކަމަށާއި، އެއީ ފުށިދިއްގަރަށް ޖަހާފައިން ބަޖެޓު ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ އޭރުވެސް ފުށިދިއްގަރަށް ޖަހާފައި އިން ބަޖެޓު ކަނޑާނުލާ، ހިއްކާފައިވާ ތަންތަނުގައި ފެނާއި، ނަރުދަމާ އާއި އަދިވެސް އަސާސީ ކަންކަން ކުރުމަށް އެ ބަޖެޓު ބަދަލުކުރީ ކަމަށެވެ. އެއަށްފަހު 2025 ވަނަ އަހަރު އައި ބަޖެޓަކީ ރާއްޖޭގައި އެއްވެސް ތަފްސީލެއް ނެތި އައި ފުރަތަމަ ބަޖެޓު ކަމަށް މެމްބަރު ވިދާޅުވިއެވެ.

ތަފްސީލްތައް ބަޖެޓުގައި ނުޖަހާ ހުރީ މަސަލަހަތައްޓަކައި ކަމަށް ސަރުކާރުން ބުނެފައިވަނީ މެމްބަރު ޒިޔާދު ވިދާޅުވިއެވެ. އެހެންނަމަވެސް ބަޖެޓަކީ އެގްރީމެންޓެއް ކަމަށާއި، އެއީ ވަކި ކަންތައްތަކެއް ކޮށްދޭން އެއްބަސްވާ އެއްޗެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

”ވިދާޅުވާ ކަމެއް އެ ފޮތުން ފެންނާން ނެތިއްޔާ، ދާއިރާގެ ރައްޔިތުން އަހާނެތާ، މިރަށުގައި މިކަމެއް ކޮންއިރަކުހޭ ވަނީ. ކިހިނެއް އަޅުގަނޑު އެ ބަޖެޓުގައި އެވާހަކަ ނެތިއްޔާ ދައްކާނީ. ދެން އެއަށް ދިން ހައްލަކީ، ރައީސުލްޖުމްހޫރިއްޔާގެ ވައުދު ނާމާ ފޮތެއް އޮންނާނެ ޗާޕުކޮށްފަ. އޭގައި ހުންނާނެ ކޮންމެ ރަށަކަށް ވެފައި ހުރި ވައުދުތައް، އެ ވައުދު ފޮތުގައި އަތް ނުލާ އެ ހުރިގޮތަށް ބަހައްޓާފައި އޭގެ މައްޗަށް އެތައް ވައުދެއް ވެ ވަޑައިގެންފައި، ފަހުން ވެ ވަޑައިގެން ވައުދުތައް ވެސް ބާއްވާފައި، އިތުރު ކަންކަން ކުރަމުން މިހާރު އެ ގެންދަނީ“

ޒިޔާދު ވިދާޅުވީ ފުރަތަމަ ބަޖެޓު އައިރު އުންމީދީ ބަޖެޓެއް ގޮތަށް ދެކެވުނު ކަމަށެވެ. ނަތީޖާ ފެންނާނީ މިހިންގާ އަހަރު ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. ރާއްޖޭގެ އެންމެ ނިކަމެތިންގެ 20 އިންސައްތައަށް، 2450 ރުފިޔާ ބޮލަކަށް ޖެހޭ ގޮތަށް، ނުވަސަތޭކަ މިލިއަން ހިމަނަން 2025 ވަނަ އަހަރުގެ ބަޖެޓުގައި އޮތް ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ އެހެންނަމަވެސް އެ ލިބުނު ރައްޔިތަކު ނެތްކަމާއި، މިއަދުވެސް ބަޖެޓު ބަހުސްގައި ކުރައްވަނީ އެސުވާލު ކަމަށެވެ. ބަޖެޓެއް ފާސް ކުރަނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި ވެފައި، އެއިން ކަމެއް ބަދަލުކުރާ ނަމަ އެކަން ބަދަލު ކުރަން ޖެހޭ ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: