ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރި ޑިޖިޓަލް މާޙައުލެއް ޤާއިމުކޮށްދިނުމަށް ސާޖިދާ ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ބިގިނަރޒް އިލެކްޓްރީޝަން ކޯސް ފޮރ ވިމެންގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުން.
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރި ޑިޖިޓަލް މާޙައުލެއް ޤާއިމުކޮށްދިނުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.

ސާޖިދާ މިފަދައިން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގައި، ބައިނަލްއަޤުވާމީ ގޮތުން މިއަދު ފާހަގަ ކުރާ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހާއި، އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅު ހަރަކާތްތައް ކުރިއަށް ގެންދާ 16 ދުވަހުގެ ހަރަކާތްތައް ފެށުމާއި ގުޅުވައިގެން މިއަދު ހިއްސާކުރެއްވި މެސެޖެއްގައެވެ.

ދުވަހާ ގުޅިގެން ރައީސްގެ ސާޖިދާ، އެކްސް އެކައުންޓުން ހިއްސާ ކުރެއްވި ޕޯސްޓެއްގައި، އަނިޔާލިބިފައިވާ ފަރާތްތަކާ އެކުގައި ހުންނެވިކަން ހާމަކުރައްވައި ވިދާޅުވެފައިވަނީ، ކޮންމެ އަންހެނަކު އަދި އަންހެން ކުއްޖަކަށްވެސް ރައްކާތެރިކަމާ، އަބުރުވެރިކަމާ އަދި މިނިވަންކަމާއެކު އުޅެވޭނެ މާޙައުލެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި ޑިޖިޓަލް މަންސަތަކުގައި ފުރައްސާރަ ކުރުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ބަލައިގަނެވިގެން ނުވާނެކަމަށް ސާޖިދާ ވިދާޅުވެފައިވެއެވެ.

ސާޖިދާ އިތުރަށް ވިދާޅުވެފައިވަނީ، ޑިޖިޓަލް މަންސަތަކަކީ، އަންހެނުންނާ އަންހެން ކުދިން ބާރުވެރި ކުރުވަންޖެހޭ ތަނެއްކަމަށާ، އެފަދަ މަންސަ ތަކުގައި އަންހެނުންނާ އަންހެން ކުދިންނަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ޕޯސްޓް ނިންމަވާލައްވަމުން، މުޖްތަމަޢުގެ އެންމެންގެ ބައިވެރިވުމާއެކު، އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރި ޑިޖިޓަލް މާޙައުލެއް ޤާއިމުކޮށްދިނުމަށް ގޮވާލައްވާފައިވެއެވެ.

އަންހެނުންނާ އަންހެން ކުދިންނަށް ލިބެމުންދާ އަނިޔާތައް ހުއްޓުވުމުގެ ދުވަހުގެ ގޮތުގައި ބައިނަލް އަޤްވާމީގޮތުން ކޮންމެ އަހަރަކުވެސް ފާހަގަކުރާ ނޮވެންބަރުމަހުގެ 25 ވަނަ ދުވަހަކީ، މިކަމާބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާ، ސިޔާސަތުތައް ބަދަލުކުރުމަށް އަޑުއުފުލުމާ، އަންހެނުންނާ އަންހެންކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގޮވާލުމުގެ ހަރަކާތްތައް ހިންގާ 16 ދުވަހުގެ ފެށުން ފާހަގަކުރާވެސް ދުވަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: