ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޕަރޭޝަން ”އަލިމަގު“ ގެ ތެރެއިން 29.68 ކިލޯގެ މަސްތުވާތަކެތި ހޯދިއްޖެ: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

އޮޕަރޭޝަން ”އަލިމަގު“ ގެ ތެރެއިން 29.68 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ހކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މަސްތުވާތަކެތީގެ ވަބާއިން އެއްކިބާވެފައިވާ ގައުމެއް ބިނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި މި މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަކޮށްގެން، މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންގެ އިދާރާއަށް އަންގާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، 2025 އޮގަސްޓު 13 ވަނަ ދުވަހުގެ ހެނދުނު، 5:30 ގައި ”އޮޕަރޭޝަން އަލިމަގު“ގެ ނަމުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ހައްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފިކަމަށެވެ.

މި އޮޕަރޭޝަނުގައި 500 އަށް ވުރެ ގިނަ ފުލުހުންގެ ބައިވެރިވެ، ސްޕެޝަލައިޒް ޑިޕާޓްމެންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100އަށް ވުރެ ގިނަ ތަންތަނުގައި، އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާކަމަށެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ، ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތްތަކަމަށާޢި، މި ހަރަކާތަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ޓްރެފިކްކުރާ ވިއުގަތައް ހުއްޓުބައި، މުޅިން އެއްކޮށް ނައްތާލުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އަދި، މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަނުގެ ދަށުން، 110 މީހުން ހައްޔަރުކޮށް، 29.68 ކިލޯގެ މަސްތުވާތަކެތި ހޯދިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މަހުގެ 13 ވަނަ ދުވަހު ފެށި، މި އޮޕަރޭޝަނުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފުލުހުން ހޯދައިފައިވާއިރު، މިި އޮޕަރޭޝަނުގައި 105 އަށް ވުރެ ގިނަ ތަންތަން ވަނީ ބަލާފާސްކޮށްފައެވެ.

މީގެއިތުރުން، ފުލުހުން ވަނީ ކަނޑު އުޅަނދުތަކާއި އެއްގަމު 9 އުޅަނދެއް ބަލާފާސްކޮށްފައިވާއިރު، ރާއްޖޭގެ 39 ރަށެއްގައި، މި އޮޕަރޭޝަން ވަނީ ހިންގައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: