ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިރާވަރު ފަޅާއި، ހުޅުމާލެ ތިންވަނަ ފިޔަވަހި 3 މަސްތެރޭގައި ހިއްކައި ނިމޭނެ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ބިން ހިއްކުމުގެ މަޝްރޫއުތަކަށް އިތުރު ޑްރެޖަރެއް ގެނެސްފައިވާ ކަމަށާއި ގިރާވަރު ފަޅާއި، ހުޅުމާލެ ތިންވަނަ ފިޔަވަހި 3 މަސްތެރޭގައި ހިއްކައި ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކަން އިތުރު ޑްރެޖަރެއް ނެދެލޭންޑްސްއިން ގެނެސްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ޑްރެޖަރުން މާދަމާ އެ ސަރަހައްދު ހިއްކަން ފަށާނެ ކަމަށާއި، އަންނަ މަހު ނިޔަލަށް އެ ތަން ހިއްކާ ނިމޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ގިރަވާރުފަޅުގައި ބަންޑް ވޯލް ޖެހުމުގެ މަސައްކަތުގެ އެންވަޔަރޮމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނިމުނުހާ އަވަހަކަށް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރަށް އެތަން ހިއްކަން ފަށާނީ ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކަން ބޭނުންކުރާ ދެ ޑްރެޖަރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަސައްކަތްތައް 2 މަސް ނުވަތަ 3 މަސް ތެރޭގައި ނިމޭނެ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މި ސަރުކާރުން ގެންދަނީ މުހިންމު ސިޔާސަތުތަކެއް ތަންފީޒު ކުރަމުންނެވެ.

އެގޮތުން މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވަނީ ނޮވެމްބަރު 10 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: