ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 ވަނަ އަހަރަށްވުރެ 2025 ވަނަ އަހަރު ރަޖިސްޓްރީކުރި 4 ފުރޮޅުލީ އުޅަނދު 72 އިންސައްތަ ދަށް: ޓްރާންސްޕޯޓް

ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރަށްވުރެ 2025 ވަނަ އަހަރު ރަޖިސްޓްރީކުރި 4 ފުރޮޅުލީ އުޅަނދު 72 އިންސައްތަ ދަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނަވާޒް ޝަރީފް ވިދާޅުވީ މާލެ ސަރަހައްދަށް ބަލާއިރު، މިނިސްޓްރީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ދާން ޖެހޭ ރޫޓު މެދުވެރި ނުކޮށް، އޮންނަން ޖެހޭ އުސޫލުގެ ބޭރުން އުޅަންދުތައް ރަޖިސްޓްރީ ކުރުމުގެ މައްސަލަ ކަމަށެވެ. އެއީ ޒަމާނުއްސުރެ އެކަން ވަތީވެ ކަމަށް ނަވާޒް ވިދާޅުވިއެވެ.

ނަވާޒް ވިދާޅުވީ އަބަދު އެއްގޮތަކަށް ކަމެއް ކުރުމަކީ، މުޅި ދާއިމަށް އެކަން ކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. ނަވާޒް ވިދާޅުވީ މއިަދު ޓްރާންސްޕޯޓް މިނިސްޓްރީގައި ތިބިވެރިނާއި، ޙާއްސަކޮށް މިނިސްޓާރ އަމީންއަކީ އެއްވެސް ކަމެއް ގަވާއިދާ ހިލާފަށް ކުރައްވާނެ ބޭފުޅެއް ނޫންކަމަށެވެ. އަދި މިނިސްޓަރ އަބަދުވެސް މަސައްކަތް ކުރައްވަނީ ގަވާއިދުގެ ތެރެއިން މަސައްކަތް ކުރައްވާ ރައްޔިތުންނަށް ހިދުމަތް ކަމަށް ނަވާޒް ވިދާޅުވއިެވެ.

”އަޅުގަނޑުމެން މިނިސްޓްރީއަށް އައިއިރުގައި މިނިސްޓްރީގައި އޮތް އެންމެ ބޮޑު މައްސަލައަކީ މި ދަންނަވާހެން، ނުގަވައިދުން ޓްރާންސްޕޯޓު މިނިސްޓްރީން ވެހިކަލްތައް ރަޖިސްޓްރީ ކުރަމުން ދިޔަ މައްސަލަ. އެހެންވީމަ، ވަރަށް ބައިވަރު ލޫޕް ހޯލަތަކެއް އަޅުގަނޑުމެންނަށް، ހަމަ ހޯދުން. މިއަދާއި ހަމައަށް އައިއިރު، ބައިވަރު ލޫޕް ހޯލްތަކެއް ސިސްޓަމްގެ ތެރެއިންވެސް އަޅުގަނޑުމެން ވާނީ މިހާރު ޕެޗަޕްކޮށްފަ. އަދި އޭގެ އިތުރުން ގަވައިދަށް ގެނެވުނު ވަރަށް ބޮޑެތި ބަދަލުތަކުގެ ސަބަބުންވެސް އެ ލުއިފަސޭހަތައް އެބަ ފެނޭ“

ނަވާޒް ވިދާޅުވީ މާލެ ސަރަހައްދަށް އުޅަނދު ރަޖިސްޓްރީ ކުރާއިރު، ވެރިފިކޭޝަނެއް އޮންނާން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އެއް ބޭފުޅެއްގެ ނަން މަތީގައި އޮންނަ ކާރެއް، އަނެއް ބޭފުޅަކަށް ރަޖިސްޓްރީ ކުރާއިރުވެސް ވެރިފައި ކުރަން ޖެހޭނެ ކަމަށެވެ. މާލޭގެ މި ހާލަތު މިއަދު ބޮއްސުންލާފައިވަނީ، ވަރަށް ގިނަ ބައެއްގެ އިހުމާލުން ނުވަތަ ވަރަށް ގިނަ ބަޔަކު ފަރުވާ ކުޑަކޮށްފައިވާތީ ކަމަށް ނަވާޒް ވިދާޅުވިއެވެ.

ނަވާޒް ވިދާޅުވީ އަދުގެ ރައީސް އަދި މިނިސްޓަރވެސް ހުންނެވީ މި މައްސަލަތައް ހައްލުކޮށްދޭން ކަމަށެވެ. އެކަމުގެ އެއްބާރުލުން އެފާރާތްތަކުން ލިބޭ ކަމަށް ވެސް ނަވާޒް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: