ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރަކަށް، ކުރީގެ މިނިސްޓަރ އަހުމަދު މަހުލޫފް އައްޔަނު ކުރުމާއި މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.
މަހުލޫފް ޖަޕާނު ސަފީރަކަށް އައްޔަނު ކުރުމާއި މެދު ގޮތެއް ނިންމުމަށް ފޮނުއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މިއަދުގެ ޖަލްސާގައި ރައީސްގެ ސިޓީ އިއްވުމަށް ފަހު، ނަން ދިރާސާ ކުރުމަށް ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
ސިޔާސީ މަސައްކަތްތަކާއި ދުރުގައި ހުންނެވުމަށް ފަހު، މަހުލޫފް ޕީއެންސީއާއި ގުޅިވަޑައިގަތީ ވަރަށް ފަހުންނެވެ. އެއީ ސަރުކާރުގެ ދެ އަހަރު ފާހަގަކުރުމަށް ޕީއެންސީން ނޮވެމްބަރު 17 ގައި ބޭއްވި ބޮޑު ޖަލްސާގައެވެ.
އޭގެ ކުރިން އޭނާ ހުރީ އެމްޑީޕީގެ ސަރުކާރުގެ ޔޫތް މިނިސްޓަރަކަށެވެ. އަދި ވެރިކަން ނިމުމަށް ފަހު ޕާޓީގެ ތެރެއިން ކުރިޔަށް ދިއުމުގައި ގިނަ ގޮންޖެހުންތަކާއި ދިމާވި އެވެ.
ޔޫތް މިނިސްޓަރުކަމުގެ އިތުރުން މަހުލޫފް ވަނީ 17 އަދި 18 ވަނަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފަ އެވެ.

