ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅު މައްސަލައިގާ އިކޮނޮމިކް މިނިސްޓަރ މަޖިލީހަށް ހާޒިރު ކުރަނީ

ކާޝިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރް - (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއަށް ފައްޔާޒް އިސްމާއިލް ގުޅިފަލު ބޮސްކާލިސްއަށް ދިނުމަށް އަމިށްލަ މަންފާއަށް ފައިސާނަންގަވާފައި ވާކަމުގެ ތުހުމަތު ދިވެހި ރަށްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ލީޑރ އަދި ރައްޔިތުން މަޖިލީހުގެ ކާޝިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރް ކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ފޮނުވި ސިޓީގައި މިނިސްޓަރ ފަޔާޒްއާ ކުރަށްވަން ބޭނުންވާ ސުވާލު ކަމުގައި ދަންނަވާ ތިން ސުވާލެއް ކުރަށްވައިފާ ވެއެވެ. މި ސިޓީގައި މެންބަރު ޖާބިރު އެދިލަށްވައި ވަނީ މަޖިލީހަށް މިނިސްޓަރ ފަޔާޒް ހާޒިރުކޮށް ސިޓީގައިވާ ސުވާލުތައް ކުރެވޭނެ ގޮތް މަޖިލީހުގައި އެޖެންޑާ ކޮށްދެއްވުމަށް އެދިއެވެ.

މި ސިޓީގައި ޖާބިރް ކުރަށްވަން ބޭނުންވާ ސުވާލު ކަމުގައި ބޮސްކާލިސްއަށް 813 މިލިއަށް ރުފިޔާގެ ގުޅީފަޅު ހިއްކަން ދީފައި ވަނީ ކޮން އުސޫލަކުން ތޯ އާއި މިމަކަމުގައި މިނިސްޓަރއަށް މާލީ މަންފާއެއް ލިބިފައިވާ ވާހަކަ ރައްޔިތުން ދެއްކުމުގެ ހަގީގަތަކީ ކޮބައިތޯ އައްސަވާފައި ވެއެވެ. އަދި، މި ޕްރޮޖެކްޓަށް ބޭރުގެ އެހެން ކުންފުންޏެއްގެ ޕްރޮޕޯޒަލް ހުޝަހަޅާފައި ވޭތޯ އާއި އެމް.ޓީ.ސީ.ސީގެ މަހާ ޖައްރާފްގައި މި މަސައްކަތް ކުރުމުގެ ކެޕޭސިޓީ ނެތީތޯ ތަފްސީލުކޮށް ކިޔާދެއްވުމަށް އައްސަވާފައިވެއެވެ.

ގުޅީފަޅު ހިއްކަން ބިޑަކާއި ނުލާ ހޮލެންޑްގެ ކުންފުންޏެއް ކަމަށްވާ، ބޮސްކާލިސްއަށް 813 މިލިއަން ރުފިޔާއަށް ދިން ސަބަބުތައް ފިނޭސް މިނިސްޓަރު އިބްރާޙިމް އަމީރު ވަނީ ހާމަކުރައްވާފައެވެ.

އަމީރު ވިދާޅުވި ގޮތުގައި ނެދަލެންޑްސްގެ ބޮސްކާލިސްއާއި ހަވާލުކުރި އެއް ސަބަބަކީ އެ ގައުމުގެ އައިއެންޖީ ބޭންކުން ލޯނެއް ނަގައިގެން އެ މަޝްރޫއު ހިންގަން ސަރުކާރުން ބޭނުންވާތީކަމަށެވެ. ބިޑަކާއިނުލާ މިފަދަ ބޮޑު ޕްރޮޖެކްޓެއް ބޭރުގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު އެ ކަމަށް ބޭނުންވާ ފައިސާ ވަރަށް އަވަހަށް ހަމަޖެހޭނޭކަމަށްވެސް އަމީރު ވިދާޅުވިއެވެ. ހޮލެންޑުގެ ޑަޗް އައިއެންޖީ ބޭންކުއަކީ އެ ޤައުމުގެ ކުންފުނިތަކަށް މަޝްރޫއުތައް ދިނުމަށް ޝަރުތުކޮށް ލޯނުތައް ހަމަޖައްސާ ބޭންކެއްކަމަށާއި، އެއީ ދުނިޔޭގެ ގިނަ ބޭންކުތަކުން ކުރަމުންދާ ކަމެއް ކަމަށްވެސް އަމީރު ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: