ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުންގެ ހުނަރާއި ވިޔަފާރިތައް ކުރިއެރުވުމަށް ބާއްވާ ”ސަޅި ފެސްޓް 2025“ މާދަމާ!

ޒުވާނުންގެ ހުނަރާއި ވިޔަފާރިތައް ކުރިއެރުވުމަށް އަމާޒުކޮށްގެން ބާއްވާ "ސަޅި ފެސްޓް 2025" މާދަމާ/ ފޮޓޯ: ޔޫތް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޒުވާނުންގެ ހުނަރާއި ވިޔަފާރިތައް ކުރިއެރުވުމަށް އަމާޒުކޮށްގެން ބާއްވާ ”ސަޅި ފެސްޓް 2025“ މާދަމާ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މިއީ ޕްރެސިޑެންޝަލް ޔޫތް އެޑްވައިސަރީ ބޯޑުގެ އިސްނެގުމުގެ މަތިން، ޔޫތް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފެސްޓިވަލްއެކެވެ.

މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 27، 28، 29 ގައި ޔޫތު ހަބް، ލިލީ މަގުގައެވެ.

ސަޅި ފެސްޓްގައި، ވިޔަފާރި ސްޓޯލްތަކާއި ފުޑް ސްޓޯލްތަކުގެ އިތުރުން އާ ހުނަރުތައް ދަސްކުރުމަށާއި، ހުނަރުތައް ތަރައްޤީ ކުރުމަށްޓަކައި ވޯކްޝޮޕްތައް ކުރިއަށްދާނެއެވެ. އަދި ލައިވް ޝޯތައް ވެސް މި ފެސްޓިވަލްގައި ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ތިން ދުވަހުގެ މި ފެސްޓިވަލުގައި ބައިވެރިންނަށް ހިލޭ ކަރޯކޭ ރޫމްތަކާއި، އެކި ކަހަލަ ގޭމް ޒޯންތަކުގައި ވަގުތު ހޭދަކުރެވޭނެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި މިއީ ޒުވާނުން އެއްތަންވެ، މަޖާކޮށް، އާ ކަންތައްތައް ދަސްކޮށް، އަދި އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އަދި ސަޅި ފެސްޓަށް ވެންޑަރުންގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ލިމިޓެޑް ސްލޮޓްތަކެއް ކަނޑައަޅާފައިވާތީ، ޝައުގުވެރިވާ ފަރާތްތަކުން އަވަހަށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފައެވެ.

އެޕްލިކޭޝަން ފޯމް: https://forms.gle/dLXXrVUC81zm8fHe8

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: