ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ރައީސް ނަޝީދު މަރާލާނެކަމަށް ބުނެ އިންޒާރު ދިން ޔާފިސް 10 އަހަރަށް ޖަލަށް!

ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރީޢަތުގެ މަޖިލީހުގައި ރައީސް މުޙައްމަދު ނަޝީދު މަރަން ޙަމަލާދޭނެކަމަށް ބުނެ އިންޒާރުދީފައިވާ މައްސަލާގައި އިސްމާޢީލް ޔާފިސް 10 އަހަރަށް ޖަލަށްލުމަށް ހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މީޑިއާތަކަށް ހިއްސާކުރި މައުލޫމާތުގައި ވަނީ ހ. ލައިޓްނައިޓް، އިސްމާޢީލް ޔާފިސް، 2021 ވަނަ އަހަރު ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށާއި، ފުލުހުންގެ ޚިދުމަތުގެ ތަޙުޤީޤުގައާއި، ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ރައީސް މުޙައްމަދު ނަޝީދު މަރަން ޙަމަލާދޭނެކަމަށް ބުނެ އިންޒާރުދީފައިވާކަމަށެވެ. އެ މައްސަލާގައި ޔާފިސްއާއި ދައުލަތާ ދެމެދު ވެފައިވާ އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން އޭނާ 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވާނީ ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ދާއުވާއާއި ޓެރަރިޒަމްގެ ޢަމަލެއް ހިންގާނެކަމުގެ އިންޒާރުދިނުމުގެ ދައުވާއާއި އަދި ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާއެވެ. އެގޮތުން ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ދައުވާއަށް 2 އަހަރު، ޓެރަރިޒަމްގެ ޢަމަލެއް ހިންގާނެކަމުގެ އިންޒާރުދިނުމުން 3 އަހަރ އަދި ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުން 5 އަހަރުގެ މުައްދަތެއް އޭނާއަށް ވަނީ ޖަހާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: