ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ގަވާއިދާ ހިލާފަށް ދުންފަތުގެ އިސްތިއުމާލުކުރާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް މަޝްވަރާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް (އޭ.އެފް.ޕީ) ގެ ކޮމިޝަނަރު ކްރިސީ ބެރެޓް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ ރާއްޖޭގެ ފުލުހުންގެ މަސައްކަތް ހަރުދަނާކުރެއްވުމަށް ފާއިތުވި އަހަރުތަކުގައި އޭ.އެފް.ޕީ އިން ދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވައި، ދިވެހި ފުލުހުންގެ ޚިދުމަތާއި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް (އޭ.އެފް.ޕީ) އާ ދެމެދުގައި ގާއިމުވެފައިވާ ދިގު މުއްދަތުގެ މަސައްކަތުގެ ގުޅުމަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދިވެހި ފުލުހުންގެ ގާބިލްކަން އިތުރުކުރުމަށް ހުރި ގިނަ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

އެގޮތުން، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމާއި، ފައިނޭންޝިއަލް އެނަލިސިސް، ބޮޑެތި ކުށްތައް މެނޭޖުކުރުމާއި، ސައިބަރ ކުށްތައް ތަހުގީގުކުރުމާއި، ސަރަހައްދަށް އަމާޒުކޮށްގެން ހިންގާ ސްކޭމް ސިންޑިކޭޓްތައް ނައްތާލުމުގެ މަސައްކަތްތަކުގެ އިތުރުން ބައިނަލްއަޤްވާމީ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ބޯޑަރުތައް ހުރަސްކޮށް ހަރަކާތްތެރިވާ ކުށްވެރި ޖަމާއަތްތަކުން ރާއްޖެއަށް ގަވާއިދާ ހިލާފަށް ދުންފަތުގެ އިސްތިއުމާލުކުރާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ ދިވެހި ފުލުހުންގެ ގާބިލްކަން އިތުރުކުރުމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ސަރަހައްދަށް ކުރިމަތިވަމުން އަންނަ ކުށްތަކުގެ ނުރައްކާތަކާ ކުރިމަތިލުމަށްޓަކައި ގުޅިގެން މަސައްކަތްކުރެއްވުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައިވެސް ގުޅިގެން މަސައްކަތްކުރުމުގައި އޭ.އެފް.ޕީ އާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު އޮތް ގުޅުން ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި،  އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އަދި އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ކްރިސީ ބެރެޓްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: