ސްރީލަންކާއަށް މޫސުން ގޯސްވުމުގެ ސަބަބުން، ލަންކާގައި ދިރިއުޅޭ މީހުންނަށް ފަސޭހައިން ގުޅޭނެ އިންތިޒާމު ދިރާގުން ހަމަޖައްސައިފިއެވެ.
ދިރާގުން ބުނީ، ސްރީލަންކާގައި ދިރިއުޅޭ މީހުންނަށް ފަސޭހައިން ގުޅޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަގުސަދަކީ، އެ ގައުމަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތުގެ ސަބަބުން، ދަތި ހަލާތް ކުރިމަތިލާންޖެހިފައިވާ، އެ ކުންފުނީގެ ކަސްޓަމަރުންންގެ އާއިލާ އަދި ރައްޓެހިންނަށް މުއާމަލާތް ކުރުމަށް އެހީވުން ކަމަށެވެ.
އެގޮތުން، ދިރާގުން ބުނިގޮތުގައި، *225# އަށް ގުޅައިގެން ސްރީލަންކާއަށް 30 މިނެޓުގެ ހިލޭ ގުޅުން އެކްޓިވޭޓުކުރެވިގެންދާނެ ކަމަށެވެ.
މީގެއިތުރުން، އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން، އެއް ހަފްތާގެ މުއްދަތަކަށް ބޭނުންކުރެވޭއިރު، މި އެޑް-އޮން ލިބިގަތުމުގެ ފުރުސަތު ދެމި އޮންނާނީ 2025 ނޮވެމްބަރު 29ގެ ނިޔަލަށެވެ.
ސްރީލަންކާއަށް ކުރިމަތިވެފައިވާ މޫސުމީ ދިމާވެފައި ވަނީ، ބޭ އޮފް ބެންގާލްގައި އުފެދުނު ތޫފާން ”ދީތުވާ“ ގެ ސަބަބުންނެވެ. މި ތޫފާނުގެ ސަބަބުން ސްރީލަންކާގައި ފެންބޮޑުވެ ހިނގި ހާދިސާތަކުގައި 56 މީހަކު މަރުވެ، 21 މީހަކު ވަނީ ގެއްލިފައެވެ.

