ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެން ސަރުކާރުގެ ފައިބުޑަށް ވެއްޓިއްޖެ

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓް - (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އުވާލުމާއި ގުޅިގެން ޔޫތް މިނިސްޓްރީ އަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް އެމްޑީއެންއިން ގޮންޖަހާ ޖަމިއްޔާ އުވާލަން ނިންމެވި ނިންމެވުން އަނބުރާ ގެންދިއުމަށް އެދެފިއެވެ.

އެމްޑީއެންގެ އޮފިޝަލް ޓުވިޓަރ އެކައުންޓުން ކޮށްފައިވާ ޓުވިޓާ ތަކެއްގައި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓް އެންޑް އެންޕަވަރމަންޓްއިން ޖަމިއްޔާ އުވާލުމަށް ނިންމެވި ނިންމެވުމަށް ފާޑުކިޔުށްވާ ޓްވީޓް ކުރަށްވާފައިވެއެވެ.

މި ޓްވީޓް ތަކުގައި އެމްޑީއެން އުވާލުމަށް މިނިސްޓްރީގެ ނިންމެވުމާއި މެދު ހިންހަމަ ނުޖެހޭ ކަމަށާއި ޖަމިއްޔާ އުވާލާފައި ވަނީ އިޖްރާއަތް ފުރިހަމަ ނުކޮށް ކަމަށާއި ޖަމިއްޔާ އުވާލާފައި ވަނީ ގާނޫނާ ހިލާފަށްކަމުގައި ބުނެފައިވެއެވެ.

https://twitter.com/MDN_mv/status/1191864512967827457

މީގއިތުރުން، ރާއިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވެރިކަމާއި ހަވާލުވީ ރައްޔިތުންނަށް އަސާސީ ހައްގުތައް ދަމަހަށްޓައިދޭނެކަމަށް ބުނެކަމަށާއި އެންމެ ފަހުން ރާއްޖެއަށް މިއައި ފަސް ސަރުކާރުގެ ތެރެއިން، ފުރަތަމަ އަހަރު ނުނިމެނީސް ރާއްޖޭގައި މަދަނީ ޖަމިއްޔާއެއް ބަންދުކުރި ސަރުކާރެއްގެ ގޮތުގައި ރިކޯޑު މުގުރާލި ސަރުކާރަކީ ރައީސް ސާލިހުގެ ސަރުކާރު ކަމަށް އެމްޑީއެންގެ ޓުވީޓްތަކުގައި ބުނެފައިވެއެވެ.

https://twitter.com/MDN_mv/status/1191864514666520576

މި ޓްވީޓް ތަކުގައި އެމްޑީއެން އުވާލަން ނިންމެވި ނިންމެވުން އަނބުރާ ގެންދިޔުމަށާއި އެމްޑީއެންގެ މައްސަލައަށް އިންސާފްވެރި ތަހުގީގެއް ހިންގައިދިނުމަށް ސަރުކާރަށް އެދިފައިވެއެވެ. އަދި، އެމްޑީއެން އަކީ އަނިޔާއާ ބޭއިންސާފާއި ދެކޮޅަށް ފާއިތުވެދިޔަ 15 އަހަރުވެސް ވަކާލާތުކުރަމުންދާ ޖަމިއްޔާއެއް ކަމުގައި ބުނެފާވެއެވެ.

https://twitter.com/MDN_mv/status/1191864516688195584

ޔޫތް މިނިސްޓްރީއިން ނެރުނު ބަޔާނެއްނެއްގައި ބުނެފައިވަނީ އެމްޑީއެންއިން ނެރުނު ރިޕޯޓުގައި ދީނާއި ހިލާފު ވާހަކަތަކެއް ހުރިކަމަށާއި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތުކޮށް ފުލުހުން ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އެ ޖަމިއްޔާ މިދިޔަ މަހުގެ 10 ވަނަ ދުވަހު  ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ފުލުހުންނާއި އިސްލާމިކް މިނިސްޓްރީއާއި އަދި މިނޫންވެސް ކަމާ ގުޅުންހުރި އެހެން ފަރާތްތަކާއި ގުޅިގެން ކުރެވުނު މަސައްކަތުން މި ރިޕޯޓުގައި އިސްލާމްދީނުގެ އުސޫލުތަކާއި ޚިލާފ ވާހަކަތަކެއް ހުރިކަން ސާބިތުވާކަމަށާއި އެހެން ކަމުން ޖަމިއްޔާތަކާއި ބެހޭ ޤާނޫނުގެ 19ވަނަ މާއްދާގެ (ހ) އަދި (ށ) އާއި ޙަވާލާދީ އެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން މޯލްޑީވިއަން ޑިމޮކްރަސީ ނެޓްވޯކް ރަޖިސްޓްރީ ބާތިލްކުރަން ނިންމާ އެކަން އެ ޖަމިއްޔާއަށް އަންގާފައިވާކަމަށް ޔޫތް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

ޖަމިއްޔާ އުވާލުމަށްޓަކައި އެޖަމިއްޔާގެ ދަރަންޏާ މުދަލުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށް 45 ދުވަހުގެ މުއްދަތެއް އެމްޑީއެންއަށްވަނީ ދީފައެވެ. ޖަމިއްޔާ އުވާލައިފާވާއިރު އިސްލާމްދީނަށް ފުރަށްސާރަކޮށް ނެރިފައިވާ ރިޕޯޓް އެކުލަވާލުމުގައި އިސްކޮށް ހުރި ޝަހިންދާ އިސްމާއިލް އަށާއި އަޒްރާ ނަސީމަށް ވަނީ ފުލުހަށް ހާޒިރު ވުމަށް ޗިޓު ފޮނުވާފައެވެ. އަދި، އަޒްރާ ވަނީ ރާއްޖޭގައި އޭނާއަށް ރަށްކާތެރިކަމެއް ނެތް ކަމަށް ބުނެ ފުލުހަށް ހާޒިރުވުމަށް ދެކޮޅުހަދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: