ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ރައީސްއަކީ ޖޯކަރަކަށް ވެގެން ނުވާނެ: ޖަމީލު

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު - (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދަކީ ޖޯކަރަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. 

މިހަފްތާގައި މަޖިލީސް ތެރޭގައި މަޖިލީހުގެ ރައީސް ނަޝީދު އަމަލަކުރެއްވި ބައެއް ގޮތްތަކަށް ފާޑު ކިޔުށްވާ ޖަމީލް ވަނީ ޓުވީޓް ކުރަށްވާފައެވެ. ހޯމަ ދުވަހުގެ މަޖިލީސް ޖަލްސާގައި ރައީސް ނަޝީދު ވަނީ މަހިމަބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް އަރިހުންވަނީ މަޖިލީޙުގެ ތަޅުމުގައި ކަށިގަނޑު ނުފުމޭނެ ކަމަށް  100 ފަހަރު ލިޔުއްވުމަށް އަންގަވާފައެވެ. އަދި، އަންގާރަ ދުވަހުގެ ޖަލްސާގައި ވަނީ ތޯރިގް މަޖިލީހުގެ ތަޅުމުން ބޭރު ކުރައްވައި ފާރަށް މޫނުވާ ގޮތަށް ކޮޅަށް ހުންނެވުމަށް އަންގަވާފައެވެ. 

މަޖިލީހު ރިޔާސަތުން މިފަދަ އަމަލުތަކެއް ފެނުމާއި ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓްގައި މަޖިލީސް ރައީސަކީ ޖޯކަރަކަށް ވެގެން ނުވާނެކަމަށް ބުނެފައިވެއެވެ. އަދި، މަޖިލީހަކީ ސީރިއަސް މަސައްކަތް ކުރަށްވާ ތަނެއްކަމަށާއި މަޖިލީހަކީ އަމިއްލަ ވާހަކަދައްކައި މަޖާކޮށް ފާޑުފާޑުގެ ކޫސަނި އަދަބު ދީ، އަމިއްލަ ގޮތްތައް ގެންގުޅެން އޮންނަ ތަނެއް ނޫންކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން، ދުނިޔޭގެ އެއްވެސް މަޖިލީހެއްގައި މިފަދަ އަމިއްލަ ގޮތްތަކެއް ގެންގުޅެ މަޖާކުރަން ހުއްދަ ނުދޭކަމަށާއި މަޖިިލީސް ހިންގަންޖެހޭނީ ގަވާއިދާއި އުސޫލުތަކެއްގެ ދަށުންކަމަށްވެސް ޖަމީލުގެ ޓްވީޓުގައި ފާހަގަ ކުރަށްވާފައިވެއެވެ.

ބައެއް މީޑިއާތަކުށް މަޖިލީހުގައި ހިނގާ މިފަދަ ކަންކަން މަޖާ ކަމަކަށް ހަދައިގެން އުޅުއްވާތީ ޖަމީލް ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.  

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: