ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުއްތަމަ ފަނޑިޔާރާއިއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލައެއް އޭސީސީއަށް!

އުއްތަމަ ފަނޑިޔާރު ޑރ އަހުމަދުގެ އިތުރުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރަކާއި ގުޅޭ މައްސަލަ އަމިއްލަ ފަރާތަކުން އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ. 

”ސަންގު“ އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަމިއްލަ ފަރާތަކުން އޭސީސީއަށް ބުރާސްފަތި ދުވަހު ހުށަހަޅާފައިވާ މައްސަލައަކީސުޕްރީމް ކޯޓުގެ އިދާރީ ބޭނުންތަކަށް ކަނޑައަޅާފައިވާ ޕެޓީ ކޭޝް ނަންގަވައި ފަނޑިޔާރުންގެ ފަރިއްކޮޅަށް ހޭދަކުރައްވާ ކަމަށް ތުހުމަތުކޮށްފައިވާ މައްސަލައެކެވެ.

މި ތުހުމަތު ކޮށްފައި ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ މުހައްމަދު ޣަނީގެ މައްޗަށެވެ.

އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ވަނީ، މި ހަތަރު ފަނޑިޔާރުން މެންދުރު ފަރީއްކުޅުއްވަނީ ހުޅުމާލޭގައި ހުންނަ ބޮމްބޭ ދަރުބާރަށް މުވައްޒަފަކު ފޮނުވައި ކާއެއްޗެހި ގެނެސްގެން ކޯޓު ތެރޭގަ އެވެ. އާއްމުކޮށް މިގޮތަށް އަމަލުކުރެއްވި ނަމަވެސް ޕެޓީ ކޭޝް އަކީ ފަނޑިޔާރުންގެ ފަރީއްކޮޅަށް ޚަރަދުކުރަން ހުންނަ ފައިސާއެއް ނޫން ކަން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

ފަރީއްކުޅުއްވަން ޕެޓީ ކޭޝް އިން ހޭދަކުރުމަކީ ހުއްދަ ކަމަށް ނުވާތީ، އެ ކޯޓަށް އަލަން އައްޔަން ކުރެއްވި ތިން ފަނޑިޔާރުން މެންދުރުގެ ފަރީއްކޮޅުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ކޯޓުގެ މުވައްޒަފުންނާ ހަވަލާދީ ބުނެފައިވެ އެވެ.

މައްސަލަ ހުށަހެޅި ފަރާތުން އެދިފައި ވަނީ ކޯޓުގެ ޕެޓީ ކޭޝް، ގާނޫނާ ޚިލާފަށް ހަތަރު ފަނޑިޔާރުންގެ އަމިއްލަ ބޭނުންތަކަށް ބޭނުން ކުރެއްވުމާއި ކޯޓުގެ ވަސީލަތްތަކާއި މުވައްޒަފުން ފަނޑިޔާރުންގެ އަމިއްލަފުޅު ބޭނުންތަކަށް ބޭނުން ކުރައްވާ މައްސަލަ ބައްލަވައި ދެއްވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: