ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ރިޕޯޓު ޖޭއެސްސީގެ ކައުންޓަރު މަތީގައި ބޭއްވީ ޖޭއެސްސީގެ މުވައްޒަފެއް“

ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑީޝަލް ސާވިސް ކޮމިޝަނުން ފޮނުވި ރިޕޯޓު އަނބުރާ ފޮނުވާލުމުން، ކައުންޓަރު މަތީގައި އެ ރިޕޯޓު ބޭއްވީ ޖޭއެސްސީގެ މުވައްޒަފެެއްކަނަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއްކަމަށް ބުނެ ފަނޑިޔާރުން ނިންމާފައިވާ މައްސަލަތަކެއް ތަހުގީގުކުރަން ފެށުމުން އުއްތަމަ ފަނޑިތާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވަނީ ފަނޑިޔާރުންގެ ނިންމުންތައް އެއީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީއަށް ނުބެލޭނޭކަމަށް ބުނެ ސިޓީއެއް ޖޭއެސްސީއަށް އަންގަވާފައެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމާ ރިޕޯޓު ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ފޮނުވިކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. އަދި އެ ރިޕޯޓު ސުޕްރީމް ކޯޓުގެ މުވައްޒަފަކު ޖޭއެސްސީގެ ކައުންޓަރު މަތީގައި ބާއްވާފައިވާކަމަށް ވަނީ މައުލޫމާތުދެއްވާފައެވެ.

މިކަމާއި ގުޅިގެން ސަންގުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ސުޕްރީމް ކޯޓުގެ އޮފިޝަލަކު ބުނީ، ޖޭއެސްސީން ބުރާސްފަތި ދުވަހުގެ  ވަގުތެއްގައި ސުޕްރީމް ކޯޓަށް ލިޔުންތަކެއް ފޮނުވިކަމަށާއި، އެ ލިޔުންތައް ބެލިއިރު އެއީ ޖޭއެސްސީން ނިންމާފައިވާ ތަހުގީގީ ރިޕޯޓެއްކަމަށާއި، އަދި އޭގެ އިތުރުން ޖޭއެސްސީގެ ތަހުގީގަށް ދަންނަވާ ލިޔުންތަކެއް ހުރުމުން، އެ ރިޕޯޓު އަނބުރާ ޖޭއެސްސީއާއި ހަވާލުކުރުމަށް ދިޔުމުން އެ ރިޕޯޓާއި ޖޭއެސްސީގެ ކައުންޓަރުގައި ހުންނެވި މުވައްޒަފަކު ހަވާލުވިކަމަށެވެ. އަދި ރިޕޯޓާއި ހަވާލުވުމަށްފަހު ފޯން ކޯލެއް ކުރިކަމަށާއި، އަދި އެގެ ފަހުން ޖޭއެސްސީގެ ކައުންޓަރު މަތީގައި އެ ރިޕޯޓު ބޭއްވީ ޖޭއެސްސީގެ އެ މުވައްޒަފުކަމަށްވެސް ސުޕްރީމް ކޯޓުގެ އޮފިޝަލު މައުލޫމާތު ދެއްވިއެވެ.

މިކަން މިހެން ހިނގާފައިވާއިރު އުއްތަމަ ފަނޑިޔާރު ޖޭއެސްސީ އަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ ސުލޫކީ މައްސަލައިގެ ނަމުގައި މައްސަލަތައް އުފެއްދުން ހުއްޓާލާ ދުސްތޫރީ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް ހުރަސް ނޭޅޭނެ ފަދަޔަކުން ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރަމުން ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: