ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ސޯފާއިން ދަނޑަށް“ ނަމުގައި މީޑިއާނެޓުގެ ހާއްސަ ޕްރޮމޯޝަން ފަށައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ފުޓުބޯޅައަށް ލޯބިކުރައްވާ ފަރާތްތަކަށް ”ސޯފާއިން ދަނޑަށް“ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ސަންގުޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި މީޑިއާނެޓުން ބުނެފައިވަނީ، ފުޓުބޯޅައަށް ލޯބިކުރައްވާ ފަރާތްތަކަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ”ސޯފާއިން ދަނޑަށް“ ނަމުގައި މީޑިއާނެޓުން ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ ނިމިދިޔަ ހަފްތާ ބަންދުގައި ލޯންޗުކޮށްފައިވާ ޕްރޮމޯޝަނެއް ކަމަށެވެ.

މީޑިއާނެޓުން ބުނެފައިވަނީ ”ސޯފާއިން ދަނޑަށް“ މިއީ މެންޗެސްޓަރ ޔުނައިޓެޑްގެ ދަނޑުގައި އެތަނުގެ މެޗެއް ބަލާލަން ދިޔުމުގެ ފުރުސަތު ދިނުމަށް ހުޅުވާލައިފައިވާ ޕްރޮމޯޝަނެއް ކަމަށެވެ.

”މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ މީޑިއާނެޓުގެ ”ސްޕޯޓްސް އެޑްއޮން“، ”ވޯންޓް އިޓް އޯލް“ ޕެކޭޖް އަދި ”ޕީއެލް 4ކޭ ޕާސް“. މި ތިން ޕެކޭޖަށް ސަބްސްކްރައިބްކޮށްގެން. މި ޕްރޮމޯޝަންގައި ނަސީބުވެރި އެއްފަރާތެއް މި ފޮނުވަނީ އިންގްލެންޑް، ޔޫކޭއަށް. ފޮނުވާއިރު، އިތުރު އެހެން މީހެން ގޮވައިގެން ދިޔުމުގެ ފުރުސަތު އެބަ ލިބޭ“

”ސްޕޯޓްސް އެޑްއޮން“ އަދި ”ވޯންޓް އިޓް އޯލް“ ޕެކޭޖް ސަބްސްކްރައިބް ކޮށްފިނަމަ، މި ލަކީޑްރޯގެ ތެރެއަށް 1 ފަހަރު އެންޓްރީ ލިބޭނެ ކަމަށާ، ”ޕީއެލް 4ކޭ ޕާސް“އަށް ސަބްސްކްރައިބް ކޮށްފިނަމަ 4 އެންޓްރީއެއް ލިބިގެން ދާނެ ކަމަށް މީޑިއާ ނެޓުން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ ޖެނުއަރީ 10އަކާއި ހަމައަށް ކަމަށް މިޑިއާނެޓުން ވަނީ ބުނެފައެވެ. މެންޗެސްޓަރގައި 5 ދުވަހުގެ ހުރުމާއި، އަދި ބާކީ ހުރިހާ ހަރަދެއްވެސް މުޅިން ހިލޭ ލިބިގެން ދާނެ ކަމަށް މީޑިއާނެޓުން ވަނީ ބުނެފައެވެ.

މީގެއިތުރަށް އިޔަރ އެންޑް ޕްރޮމޯޝަނެއްވެސް މީޑިއާނެޓުން ކުރިއަށް ގެންދާ ކަމަށްވަނީ ބުނެފައެވެ. މިއީ ކުޅިވަރު ނުބައްލަވާ ފަރާތްތަކަށްވެސް ހާއްސަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނަކީ އެވޯންއާއި ޕާޓްނަރވެގެން ކުރިއަށް ގެންދަ ޕްރޮމޮޝަނެކެވެ. މި ޕްރޮމޮޝަންގައި ނަސީބުވެރި ފަރާތްތަކަށް 3 ޕީސް ބެޑްރޫމް ސެޓެއް ލިބިގެންދާނެ ކަމަށް މީޑިއާނެޓުން ވަނީ ބުނެފައެވެ.

މީޑިއާނެޓްގެ ފެމިލީ ޕެކޭޖް ނުވަތަ އެއަށްވުރެ މަތިން ކޮންމެ ފެކޭޖަކަށްވެސް ސަބްސްކްރައިބް ކޮށްލައިގެން މި ޕްރޮމޮޝަންގައި ބައިވެރި ވެވޭނެ ކަމަށެވެ. މި ޕްރޮމޮޝަން ކުރިއަށް ދާނީ ޖެނުއަރީ މަހުގެ15 އާއި ހިސާބަށް ކަމަށް މީޑިއާނެޓުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: