ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ ”ކަށަވަރު ޕްރޮމޯ 2025“ ފަށައިފި

އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ 2025" ފަށައިފި! --- ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީގެ ”ކަށަވަރު ޕްރޮމޯ 2025“ އިފްތިތާހްކޮށްފިއެވެ.

މި ޕްރޮމޯ އިފްތިތާހްކޮށްފައި ވަނީ ކަށަވަރު ޝޯރޫމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގެ އެވެ. އެ ޕްރޮމޯ ފައްޓަވައިދެއްވީ އެ ކުންފުނީގެ ޗީފް އޮޕްރޭޓިން އޮފިސާ ސިނާން އަލީއެވެ. އަދި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި، ޑިސެމްބަރު 1 ގައި ފެށި މި ޕްރޮމޯޝަން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެއެވެ.

މި ޕްރޮމޯޝަންގެ މަގްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓުތަކާއި އެކު، ކުންފުނީގެ ޕްރޮޑަކްޓުތައް ވިއްކުންކަމަށް އެމްޓީސީީސީން ވަނީ ބުނެފައެވެ.

އެ ޕްރޮމޯޝަން ދަށުން ސުޒުކީ އަދި ޔަންމާ އިންޖީނާއި، ޕީޕީޖީ، ކާސްޓްރޯލް، އިންޑަސްޓްރިއަލް ގޭސް، ސްޕެއާ ޕާޓްސް، މެރޯލް ސްޓީއަރިން ސިސްޓަމް އަދި ނަކަޝީމާ ޕްރޮފެލާއިންވެސް ޑިސްކައުންޓުތައް ލިބިގެންދާނެއެވެ.

އެ ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ ޑީއެފް 9.9 ގެ އިންޖީނެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މި އިންޖީނާއެކު، ހަދިޔާ ޕެކޭޖެއްވެސް ލިބިވަޑައިގަންނަވާނެއެވެ.

ކަށަވަރު ޕްރޮމޯޝަން އަމާޒުކޮށްފައި ވަނީ އޮޑިވެރިންނާއި މަސްވެރިންނާއި އިންޖިނިއަރުންނާއި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށެވެ.

މިއީ އެމްޓީސީސީން ކުރިއަށް ގެންދާ ވާރަށް ހާއްސަ ޕްރޮމޯޝަނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: