ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީޢަތް ބެންޗަކުން ކުރިއަށް ގެންދަން ރައީސް ޔާމީން އަނެއްކާ ވެސް އެދިއްޖެ

ކުރީގެ ރައީސް އަބްދިﷲ ޔާމީން އަބްދުލް ގައްޔޫމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރ ކުރުމުގެ ދައުވާގެ ޝަރީޢަތް ބެންޗަކުން ކުރިއަށް ގެންދަން ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަދައިގެންފިއެވެ. 

ދައުލަތުން ރައީސް ޔާމީން ޔާމީން މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތް ކްރިމިނަލް ކޯޓުން ބެންޗަކުން ކުރިއަސް ގެންދަން އެމަނިކުފާން އދިވަދައިގަތީ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ހައިލަމްއަށް އެމަނިކުފާންގެ މައްޗަސް ޖަލު ހުކުމް ކުރުމަށް ސަރުކާރުގެ އިސްވެރިން ނުފޫޒް ފޯރުއްވެވި ކަމަށް މައްސަލަ ބައްލަވާ މިހާރު ސަސްޕެންޑް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ވިދާޅުވުމާއި ގުޅިގެންނެވެ. 

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރ ކުރުމުގެ ދައުވާގެ ޝަރީޢަތް ބެންޗަކުން ކުރިއަސް ގެންދަން އެދިވަޑައިގެން އެމަނިކުފާން ވަނީ މިހާރު ކކްރިމިނަލް ކޯޓުގެ ހިންގުމާއި ހަވާލުވެ ވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު އަށް ސިޓީއެއް ފޮނުއްވާފައެވެ. މިސތީ ފޮނުއްވިއިރު އެމަނިކުފާންގެ މައްޗަށް ހުކުމް އިއްވުމުގެ އަޑުއެހުން މި މަހުގެ17 ވަނަ ދުވަހަށް މިހާރު ވަނީ ތާވަލް ކޮށްފައެވެ. 

އެންމެ ފުރަތަމަ ހުކުމް އިއްވުން ތާވަލް ކުރީ މިމަހުގެ ފަސް ވަނަ ދުވަހަށެވެ. ނަމަވެސް މައްސަލަ ބައްލަވާ އިސް ގާޒީ ހައިލަމް ސަސްޕެންޑް ކުރެއްވުމުން އެދުވަހުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ. 

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގަ އެވެ. އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފަ އެވެ.

އޭގެ ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއާއެކު ރައީސް ޔާމީން ވަނީ އެސްކޮރޯ އެކައުންޓެއް ހެދުމަށް އެއްބަސްވުމެއް ހަދާފަ އެވެ. އެގޮތަށް އެއްބަސްވީ އެ މައްސަލާގެ ތަހުގީގު ނިމެންދެން އެ އެކައުންޓްގައި އެ ފައިސާތައް ބެހެއްޓުމަށެވެ. އެކަމަކު، ޔާމީން ވަނީ އެ އެއްބަސްވުމާ ހިލާފުވެފަ ކަމަށް ދައުލަތުން ބުނެ އެވެ. އެސްކޮރޯ އެކައުންޓަށް ޔާމީން ޖަމާކުރީ އެސްއޯއެފްއިން ލިބުނު ފައިސާ ނޫން ކަމަށާއި އެ އެކައުންޓަށް ޖަމާކުރީ މޫސާ ޖަމީރުގެ ފަރާތުން ހޯދި، ފައިސާތަކެއް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެސްކޮރޯ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ޒަމީރުގެ އެކައުންޓުންނެވެ.

ދައުލަތުން ބުނި ގޮތުގައި އެ އަމަލަކީ އެ ފައިސާތައް ފޮރުވައި، ކޮރަޕްޝަނުން ހޯދާފައިވާ ފައިސާތަކެއް ކަމަށް ޝައްކު ކުރެވޭ ފައިސާތަކެއް ބަދަލު ކުރަން އުޅުމުގެ އަމަލެކެވެ. އެހެންވެ، އެއީ މަނީ ލޯންޑްރިންގެ ކުށަށް ވެގެންދާ ކަމަށް ދައުލަތުން ފާހަގަކުރެ އެވެ.

ހުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލް ފާހަގަ ކުރެއްވި ގޮތުގައި ރައީސް ޔާމީން އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ އަސްލު އޮޅުވާލައިގެންކަން ހެކިތަކުން ސާބިތުވާ ކަމަށެވެ. އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަތުން ހޯއްދެވި ފައިސާތަކެއް ކަމާއި އިސްލާމިކް ބޭންކްގެ އެކައުންޓްގައި ހުރި ފައިސާތައް އެ ބޭންކްގެ އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކޮށްފައިވާކަން އެނގެން އެބަ އޮތް ކަމަށެވެ. އަދި އެސްއޯއެފްއިން ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ޝައްކުވާ ކަމާއި އެކަން ރައީސް ޔާމީނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

މަނީ ލޯންޑްރިންގެ ދައުވާ ސާބިތުކުރުމަށް އަސްލު އޮޅުވާލި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭ ކަމަށާއި އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް އެކަށީގެންވާ ޝައްކު އުފެދޭ ކަމަށްވާނަމަ ދައުވާ ސާނިތުކުރުމަށް ފެދޭ ކަމަށް ވަކީލް ފާހަގަ ކުރެއްވި އެވެ. މި ހާލަތުގައި އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ވޮޑެމޮލާ ކުއްޔަށް ދޫކޮށް ލިބުނު ފައިސާކަން ހެކިންގެ ހެކި ބަހުން އެނގޭ ކަމަށެވެ. އެހެންވެ، ދައުލަތުން އެދުނީ ކުށުގެ އެންމެ މުހިންމު ދެ އުންސުރު ސާބިތުކޮށްދެވިފައިވާތީ ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްދިނުމަށެވެ.

މައްސަލާގައި ހެކި ބަސް ދެއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަހުން އެކަމަށް ބާރު ލިބޭކަން ފާހަގަ ކުރައްވައި، ވަކީލް ވަނީ އެ ދެ ބޭފުޅުންގެ ހެކި ބަހަކީ ޝަރީއަތަށް ގަބޫލު ކުރެވޭނެ ދެ ހެކިކަން ވެސް ފާހަގަ ކުރައްވާފަ އެވެ. ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކާ ހަވާލާދިނުމަށްފަހު ވަކީލް ވިދާޅުވީ އެފަދަ ހެއްކެއްގެ ހެކި ބަހަށް ބާރު ލިބޭ އެހެން ހެއްކާއި ގަރީނާ ހުރިނަމަ އެފަދަ ހެއްކަކަށް ޝަރީއަތަށް ރިއާޔަތް ކުރެވޭނެ ކަމަށެވެ.

އަދީބާއި ޒިޔަތުގެ ހެކި ބަސް ނެގުމަށް ކުރިން ރައީސް ޔާމީންގެ ފަރާތުން އިއުތިރާޒުކުރި އެވެ. އެއީ އެ ދެ ބޭފުޅުންނަކީ ކުށް ސާބިތުވެ ތިއްބެވި، އަދި އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަނުގައި އެންމެ ބޮޑަށް ތުހުމަތުވާ ދެ ބޭފުޅުން ކަމަށްވާތީ އެވެ.

ހުލާސާ ބަޔާނުގައި ވެސް ރައީސް ޔާމީންގެ ފަރާތުން އެންމެ ބޮޑަށް ފާހަގަ ކުރެއްވި އެ ނުކުތާ އެވެ. އަދީބާއި ޒިޔަތަކީ ދެ ފާސިގުން ކަމަށާއި ފާސިގުން ހެކި ބަސް ބަލައިނުގަނެވޭނެ ކަމަށް ފިގުހު އިލްވެރިން އެއްބަސްވާކަން ވަކީލުން ފާހަގަ ކުރެއްވި އެވެ. ފާސިގުންގެ ހެކި ބަސް ބަލައިނުގަނެވޭނެކަން ސާބިތުކުރުމަށް ގުރުއާންގެ ގިނަ އާޔަތްތަކާއި ފިގުހު އިލްވެރިންގެ ބަސްތައް ހުށަހެޅުއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: