ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގުގެ ބޮޑެއް ދޫކޮށްލި މައްސަލައިގައި ގާޒީ ފާއިޒު ވަކިކުރުމަށް ކޮމިޓީން ފާސްކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު:
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުއަސާސީއާއި ގާނޫނުތަކާއި ހިލާފަށް ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު އަމަލުކޮށްފައިވާތީ އޭނާ ގާޒީކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.

ގާޒީ ފާއިޒް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި، އެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވީ ހޯމަ ދުވަހުގެ ޖަލްސާގަ އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މައްސަލައިގައި ފޮނުވި ސިޓީގައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ ބަންދާއި މެދު ގޮތް ކަނޑައެޅިއިރު، އޭނާ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ހިލާފަށް އަމަލުކޮށްފައިވާކަމަށެވެ.

ކޮމިޝަނުން ފާއިޒްއާއި ގުޅޭގޮތުން ބެލީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭކަމަށް ފުލުހުން ތުހުމަތު ކުރާ އަލީ އަންވަރު ބަންދުން ދޫކޮށްލުމާއި މެދު އަމަލުކޮށްފައިވާ ގޮތެވެ. މި މައްސަލައިގައި ގާޒީ ފާއިޒް ހުންނެވީ މިދިޔަ މަހުން ފެށިގެން 60 ދުވަހުގެ ސަސްޕެންޝަންއެއްގައެވެ.

އެއީ އީރާނުގެ ބޯޓަކުން ރާއްޖެއަށް އެތެރެ ކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި އަންވަރު އެހެން މައްސަލައެއްގައި އޮކްޓޯބަރު މަހު ހައްޔަރުކޮށް ބަންދުގައި ހުއްޓައި، މުއްދަތު ހަމަވުމުން އެއްވެސް ޝަރުތަކާއި ނުލައި ދޫކޮށްލި މައްސަލަ އެވެ. ބަންދުން ދޫކޮށްލުމާއި އެކު އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައިރު، ފުލުހުން އަންވަރު ހައްޔަރު ކުރީ ލަންކާގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެންނެވެ. އަދި އަންވަރު ރާއްޖެ ގެނައުމާއި އެކު، އަލުން ހައްޔަރު ކުރީ އެވެ.

ޖޭއެސްސީން ބުނީ ގާޒީ ފާއިޒް ގާނޫނުއަސާސީއާއި، ގާނޫނުތަކާއި ހިލާފަށް އަމަލުކޮށްފައިވާކަން އެ ކޮމިޝަނުގެ ގާނޫނުގައި ބުނާ މިންގަނޑަށް ސާބިތުވާކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދަޅުވީ ކޮމިޝަނުގެ ލިޔެކިއުންތަން އިޖުރާއަތުތައް ފުރިހަމަވާކަން އެނގޭކަމަށެވެ. އަދި ކޮމިޓީން ބަލަން ޖެހޭނީ ހަމައެކަނި އިޖުރާއަތުތައް ފުރިހަމަކުރިތޯ ނުވަތަ ނޫންތޯކަމަށް ވިދާޅުވި އެވެ.

އެހެންވެ އަޝްރަފް ހުށަހެޅުއްވީ، ފާއިޒް ވަކިކުރުމަށް ތަޅުމަށް ފޮނުވުމަށެވެ. އަދި ކޮމިޓީގައި ތިއްބެވި މެމްބަރުންގެ އިއްތިފާގުން ފާސްވީ، ފާއިޒް ވަކިކުރުމާއި ބެހޭ މައްސަލަ ތަޅުމަށް ފޮނުވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: