ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫއޭއީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެކުވެރި ޢަރަބި ޢިމާރާތުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

މީސް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޔޫއޭއީގެ ޤައުމީ ދުވަހުގެ ތަހުނިޔާ، އެ ޤައުމުގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒަޔެދް އަލް ނަޙްޔާނަށާއި ރައްޔިތުންނަށް ދަންނަވާ ކަމަށެވެ. އަދި އެކުވެރިކަމާއި އީޖާދީ ވިސްނުމާއި ކުރިއެރުމުގެ ތެރެއިން ލިބުނު ތަރައްޤީ ޔޫއޭއީގެ ޤައުމީ ދުވަސް ހަނދާންކޮށްދޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވަނީ ޔޫއޭއީއާއި ރާއްޖެއާ ދެމެދު އޮތް ގާތް ރަޙުމަތްތެރި ގުޅުން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރަން ތައްޔާރަށް އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ޤައުމީ ދުވަހުގެ ތަހުނިޔާ ޔޫއޭއީއަށް ރައީސް ފޮނުއްވާފައިވާއިރު، އެމަނިކުފާނު ވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ޔޫއޭއީއަށް ދަތުރުފުޅެއް ކުރައްވައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. އެގޮތުން އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމާ، ރައީސް ބައްދަލުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: