ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަމާލުވޭ، މުދާ އިމްޕޯޓްކުރާ ފަރާތްތަކުގެ އަތުން އޮޅުވާލައިގެން އޭޖެންޓުން ފީތަކެއް ނަގަނީ!

ރާއްޖެއަސް މުދާ އެތެރެކުރި ނިސްބަތް ބޮޑުތަނުން ދަށަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުމަގުން ރާއްޖެއަށް މުދާ ޝިޕްމެންޓުތައް އެތެރެ ކުރަމުންދާ ފަރާތްތަކުގެ އަތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ނަމުގައި އޮޅުވާލައިގެން ފީތަކެއް ނަގަމުންދާ މައްސަލައެއް ފެންމަތިވެ، އެކަމުގެ ކަންބޮޑުވުން އެމްޕީއެލްއިން ފާޅުކޮށްފިއެވެ.

އެމްޕީއެލް އަށް ދައްކަން ޖެހޭ ފީތަކާއި، އިތުރު އެހެން ފީތަކުގެ ނަމުގައި ކަމަށް ބުނެ ރާއްޖެއަށް ކަނޑުމަގުން މުދާ ގެންނަ ފަރާތްތަކުގެ އަތުން، ފީ ނަގަމުން އަންނަނީ އެޖެންޓުންނާއި، ޕްރައިވެޓް ފޯވާޑާސް އަދި ބްރޯކަރުންނެވެ.

މައްސަލަ އެމްޕީއެލްގެ ސަމާލުކަމަށް އައުމާއި އެކު ކުންފުނީގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކުންފުންޏަށް ދައްކަން ޖެހޭ ފީތަކެއް ކަމަށް ބުނެ ނަގަމުން އަންނަނީ އޭޕީސީއާރް އާއި ޕޯޓް ކޮންޖެކްޝަން ޗާޖާއި ޑީސީއެޗްޓީ އަދި އިކުއިޕްމަންޓް އިމްބެލެންސް ޗާޖް ކަމަށެވެ. އެހެން ނަމަވެސް، އެމްޕީއެލްގެ ޓެރިފްގައި ކުރިންސުރެ ބުނެފައިވާ ފީތަކުގެ އިތުރުން އެއްވެސް ފީއެއް ނަގަމުން ނުދާ ކަމަށްއެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެމްޕީއެލްއިން ބުނެފައިވަނީ މުދާ އިމްޕޯޓްކުރާ ފަރާތްތަކުގެ އަތުން ހެންޑްލިން އަދި ވޯޓޭޖް ފީގެ އިތުރުން އެހެން ފީއެއް ނުނަގާކަމަށެވެ. އަދި އިތުރު ހިދުމަތެއް ހޯދާފައި ނުވާ ނަމަ މުދާ ކްލިއާ ކުރުމަށް އިތުރު ފައިސާއެއް ނުނަގާނެ ކަން ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެމްޕީއެލްއިން އެކި ހިދުމަތްތަކަށް ނަގާ ފީތައް– ފޮޓޯ: އެމްޕީއެލް

ބަޔާނުގައި ބުނީ ޑިސެމްބަރު މަހުން ފެށިގެން އެ ކުންފުނީގެ ހިންގުމަށް ގެނެސްފައިވާ ބަދަލުތަކާއެކު މާލޭ ކޮމާޝަލް ހާބަރުން ބޯޓު ފަހަރަށް ދެމުންދާ ހިދުމަތާއި އަދި މުދާ ދޫކުރުމުގެ ހިދުމަތް އެކަށީގެންވާ މިންވަރަކަށް އަވަސް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ބޯޓު ފަހަރު ލަސްވުމާ ގުޅިގެން އިތުރު ހަރަދުތަކެއް ހިނގާ ކަމަށް ބުނެ ފީތަކެއް މިހާރު ނަގައިގެން ވާނެ ކަމަށް އެ ކުންފުންޏަށް ނުފެންނަ ކަމަށެވެ.

އެމްޕީއެލް އިން ކޮންޓެއިނަރައިޒްޑް މުދާ އަދި އެހެނިހެން މުދާ ކްލިއާ ކުރުމަށް ހޭންޑްލިން އަދި ވޯފޭޖްގެ ގޮތުގައި އެ ކުންފުނީގެ ޓެރިފްގައި ބަޔާންކޮށްފައި ވާ އަގުތަކަކީ:-

ހޭންޑްލިން ޗާޖްގެ ގޮތުގައި ނަގާ އަގުތައް:20 ފޫޓުގެ ކޮންޓެއިނާ ބަރުކުރުމަށާއި ބޭލުމަށް ކޮންމެ ޔުނިޓަކަށް ޖީއެސްޓީއާއެކީ 1،706.60ރ.
40 ފޫޓުގެ ކޮންޓެއިނާ ބަރުކުރުމަށާއި ބޭލުމަށް ކޮންމެ ޔުނިޓަކަށް ޖީއެސްޓީއާއެކު ނަގާ ފީ އަކީ 3،413.20ރ.
ނޮން ސްޓޭންޑާޑް ކޮންޓެއިނާ އަކަށް ކޮންމެ ފޫޓަކަށް ޖީއެސްޓީއާއެކު ނަގަނީ 60.95ރ.
20 ފޫޓުގެ ހުސްކޮންޓެއިނާތައް ބަރުކުރުމަށާއި ބޭލުމަށް ކޮންމެ ޔުނިޓަކަށް ޖީއެސްޓީއާއެކު 121.90ރ.
40 ފޫޓުގެ ހުސް ކޮންޓެއިނާތައް ބަރުކުރުމަށާއި ބޭލުމަށް ކޮންމެ ޔުނިޓަކަށް ޖީއެސްޓީއާއެކު 243.80ރ.
ނަން ސްޓޭންޑާޑް ކޮންޓެއިނާ އަކަށް ކޮންމެ ފޫޓަކަށް ޖީއެސްޓީއާޢެކު 60.95ރ.
20 ފޫޓުގެ ހުސް ކޮންޓެއިނާގެ ރިސިޕްޓް އަދި ޑެލިވަރީ ޗާޖްގެ ގޮތުގައި ކޮންމެ ޔުނިޓަކަށް 121.90ރ.
40 ފޫޓުގެ ހުސް ކޮންޓެއިނާގެ ރިސިޕްޓް އަދި ޑެލިވަރީ ޗާޖްގެ ގޮތުގައި ކޮންމެ ޔުނިޓަކަށް 243.80ރ.
ނަން ސްޓޭންޑާޑް ހުސް ކޮންޓެއިނާގެ ރިސިޕްޓް އަދި ޑެލިވަރީ ޗާޖްގެ ގޮތުގައި ކޮންމެ ފޫޓަކަށް 60.95ރ.

ވޯފޭޖްގެ ގޮތުގައި ނަގާ އަގުތައް:

20 ފޫޓުގެ ކޮންޓެއިނާ އެއް ބޭލުމަށާއި ބަރު ކުރުމަށް ކޮންމެ ޔުނިޓަކަށް ޖީއެސްޓީއާއެކު 1،158.05ރ.
40 ފޫޓުގެ ކޮންޓެއިނާ އެއް ބޭލުމަށާއި ބަރު ކުރުމަށް ކޮންމެ ޔުނިޓަކަށް ޖީއެސްޓީއާއެކު 2،316.10ރ.
ނަން ސްޓޭންޑާޑް ކޮންޓެއިނާ އެއް ބޭލުމަށާއި ބަރު ކުރުމަށް ކޮންމެ ފޫޓަކަށް ޖީއެސްޓީއާއެކު 42.67ރ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެމްޕީއެލްގެ ހިންގުމަށް ގެނެވުނު ބަދަލާ ގުޅިގެން މިހާރު މާލޭގެ ކޮމާޝަލް ހާބަރުން ބޯޓު ފަހަރަށް ދެމުންދާ ހިދުމަތާއި މުދާ ދޫކުރުމުގެ ހިދުމަތް ވަނީ އަވަސް ކުރެވިފަ އެވެ. އެކުންފުނިން ބުނީ ބޯޓު ފަހަރު ލަސްވުމާއި ގުޅިގެން އިތުރު ހަރަދުތަކެއް ހިނގާނެ ކަމަށް ބުނެ އެކުންފުނި މަތިވާގޮތަށް، މުދާ އެތެރެ ކުރާ ފަރާތްތަކުން އަތުން ފީތަކެއް ނެގުމަކީ އެއްގޮތަކަށްވެސް އެކުންފުނިން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމުގައި ސަމާލުވެ ތިބުމަށް އެކުންފުނިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: