ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޕޯޓްސް ޓޫރިޒަމްގެ އަމާޒު ހުރީ ފުޓު ބޯޅަ ޓީމުތަކަށް އެކަންޏެއް ނޫން: އަލީ ވަހީދު

ސްޕޭން ވީގޯ، 3 ނޮވެމްބަރު 2019: ސެލްޓަ/ ގެޓާފޭ މެޗު ފެށުމުގެ ކުރިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޕޯޓްސް ޓޫރިޒަމްގެ އަމާޒު ހުރީ ހަމައެކަނި ފުޓު ބޯޅަ ޓީމުތަކަށް އެކަންޏެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މި ހަފްތާގެ ތެރޭގައި ލަންޑަންގެ، އެކްސެލް ކޮންވެންޝަން ސެންޓަރުގައި ކުރިޔަށް ގެންދިޔަ ވޯލްޑް ޓްރެވެލް މާކެޓު ބައްލަވާލެއްވުމަށް އަލީ ވަހީދުވެސް ވަޑައިގެންނެވިއެވެ. ރާއްޖެ އިން ސެލްޓަ ވީގޯއާއެކު އަހަރަކު 900،000 އެމެރިކާ ޑޮލަރަށް ސޮއި ކޮށްފައި ވަނީ ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ސްޕެއިންއަށް ކުރެއްވި ދަތުރުގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީގެ ޓީމް ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ޑަބްލިއުޓީމްގެ ތެރެއިން ބައްދަލު ކުރެއްވާފައެވެ.

އެގްޒިބިޝަންއަށް ވަޑައިގެން، ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ދިވެހި ރާއްޖެ ކުރިއަރުވާނީ، ”މޯލްޑިވްސް، ދަ ސަނީ ސައިޑް އޮފް ލައިފް“ ގެ ދަށުން ކަމަށެވެ. ސެލްޓަވީގޯ އާއި އެކު ވީ އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ބޭރު ގައުމުތަކުގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް އާ ގޮތްތަކެއް ތައާރަފް ކުރަން ޖެހޭ ކަމަށެވެ.

ރާއްޖެއަށް ”ސްޕޯޓްް ޓޫރިޒަމް“ ތައާރަފް ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން އަލީ ވަހީދު ވިދާޅުވީ ރާއްޖެ ޕްރޮމޯޓު ކުރުމަށް ހަމައެކަނި ބޭނުންވަނީ ބޮޑު ފުޓު ބޯޅަ ޓީމެއް ނޫން ކަމަށެވެ. އެގޮތުން ކުޅިވަރުތަކުގައި ރާއްޖެ ތަމްސީލު ކުރާ އެމްބެސެޑަރުންގެ އިތުރުން ކުޅިވަރު ޓީމުތަކުގައި ކުޅުންތެރިން މެދުވެރިކޮށް ރާއްޖޭގައި އިޝްތިހާރު ކުރުމަކީ މިނިސްޓްރީގެ އަމާޒެއްގެ ގޮތުގައި މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

ކުޅުވަރުގެ ތެރޭގައި ޓީޓީ އާއި، ޓެނިސް، އަދި ބާސްކެޓް ބޯޅަ، ނުވަތަ ފެތުމުގެ ބައި ހިމެނުނަސް އެ ކުޅިވަރުގެ ތެރެއިން ރާއްޖެ ޕްރޮމޯޓު ކުރެވޭނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ޑަބްލިއުޓީއެމްގެ ރާއްޖެ ބޭނުން ކުރި ސްޓޯލްއަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ކޮންމެ އަހަރަކުވެސް ދުނިޔެއަށް އަންނަ ޒާމާނީ ބަދަލުތަކުގެ ތެރެއިން، ފަތުރުވެރިކަމުން އެ ބަދަލުތައް ފެންނަން ޖެހޭ ކަމަށެވެ. އެހެން ކަމުން، ފެއާތަކަށް އެ ބަދަލުތައް ގެނައުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރާއްޖެ ޕްރޮމޯޓު ކުރުމަށްޓަކައި ކަނޑައަޅާފައިވާ ބަޖެޓަށް ހިތްހަމަ ޖެހޭ ކަމާށެވެ. އަދި ކުރިޔަށް އޮތް އަހަރުތަކުގައި ވެސް އިތުރު ކުރިއެރުމެއް ލިބިގެން ދާނެ ކަމަށް އުންމީދު ކުރާއްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: