ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިލަމްގެ ޢަމަލަކީ އިންސާނީ ކަރާމާތް ގެއްލޭފަދަ ޢަމަލެއް: ހިއުމަން ރައިޓްސް ކޮމެޓީ

ކްރިމިނަލް ކޯޓުގެ އިސްގާޟީ ހައިލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހާފައިވާތަން ކުރަހާފައިވާ ފޮޓޯއެއް ބޭނުންކުރުމަކީ އިންސާނީ ކަރާމަތަށް އަރައިގަތުމުގެ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއިން ބުނެފި އެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔަން ހައިލަމް ބޭނުން ކުރި ފޮޓޯގައި ރައީސް ސޯލިހާއި، ރައީސް ނަޝީދުގެ ކަރުގައި ޗޭނު ޖަހާފައި ހުރުމުން، އެ މައްސަލަ ހޫނުވެ، ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ އެކަމާ ގުޅިގެން ހައިލަމްގެ ސުލޫކީ މައްސަލަ ބަލަން ނިންމައި އޭނާ ސަސްޕެންޑުވެސްކޮށްފައެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ނެރުނު ބަޔާނެއްގައިވަނީ ލާ އިންސާނީ މަންޒަރުތަކެއް ސިފަކޮށް ދޭ ކުރެހުމެއް ހައިލަމް ފޮނުއްވުމަކީ އެ ކޮމެޓީން ކުށްވެރިކުރާ ކަމެއް ކަމަށާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެންޓި ޓޯޗާ ގާނޫނުގެ ދަށުން ވެސް އެފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ ވެސް މަނާ ކަމެއް ކަމަށެވެ.

އަދި ދައުލަތުގެ މަގާމެއްގައި ހުރި މީހަކު ވެސް އެފަދަ އަމަލެއް ހިންގައިފި ނަމަ، އެކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފިޔަވަޅު އެޅުމަކީ ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ މައްސަލައާއި ގުޅިގެން ހައިލަމް ސަސްޕެންޑުކޮށްފައިވައިރު، ހައިލަމް އަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލާންޑަރިން މައްސަލަ ބައްލަވަމުންގެންދެވި ގާޟިއެވެ. ހައިލަމް ސަސްޕެންޑުކޮށްފައިވަނީ އެ މައްސަލައިގައި ހުކުމް ކުރުމަށް ފަސް ގަޑިއިރަށް ކައިރިވެފައިވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: