ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސޫލައަށް ފުރައްސާރަކުރި އިރު އެޗްއާރުޖީ ކޮމިޓީއިން އަޅައެއް ނުލި- އާދަމް ޝަރީފް

އާދަމް ޝަރީފް އުމަރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ.... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކު (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި ﷲ އާއި މާތް ނަބިއްޔާއަށް ފުރައްސާރަކުރި އިރު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން އެއްވެސް ބަހެއް ނުބުނާ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެޗްއާރުޖީ ކޮމިޓީއިން ހެޔޮ ނިޔަތެއްގައި އި ންސާނީ ކަރާމާތް ނެގެހެއްޓުމަށް މަސައްކަތް ކުރުމަކީ ރަނގަޅުކަމެއް ކަމަށެވެ.

ެއެމްޑީއެން ރިޕޯޓާއި ގުޅިގެން އެ ކޮމިޓީ ހަނު އޮތުމުން ދޭހަވަނީ ކޮމިޓީގެ ފަލްސަފާ އަކީ ޔޫރަޕުގެ މޮޑާން ޑިމޮކްރަސީ އިން ގޮވާންކުރެވިފައިވާ ފަލްސަފާއެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

“ އިސްލާމީ ފަލްސަފާއާއި ބީރައްޓެހި، ތަފާތު އިންޖީނެއް ކަމަށް ގަބޫލުކުރެވެ. އިންޖީނައް އެހެރީ ތެޔޮ އަޅާފަ. އޮޑި އެހުރީ ކަނޑަށް ނިކުމެފަ. މިސްރާބު ހުރީ ކޮން ދިމާއަކަށްކަން އިނގޭ. ވަﷲ ޢައުލަމް“

އާދަމް ޝަރީފްގެ ފޭސްބުކް ޕޯސްޓް އަމާޒުވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހާފައިވާތަން ކުރަހާފައިވާ ފޮޓޯއަކުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމަކީ އިންސާނީ ކަރާމަތަށް އަރައިގަތުމުގެ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއިން ހާމަކުރުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: