ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާއި ދެކޮޅު ޕޮލިސީއަކީ ނޫސްވެރިކަމެއްނޫން؛ ކޮންމެ ވާހަކައެއްގެ ދެކޮޅު ބަލަންޖެހޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫހެއްގެ އެޑިޓޯރިއަލްއަކީ ސަރުކާރާއި ދެކޮޅު ޕޮލިސީއެއް ކަމަށް ވިދާޅުވުމުން އެއީ ނޫސްވެރިކަމެއް ނޫން ކަމަށާއި، އެއްވެސް މީހެއްގެ އަބުރު ކަތިލުމުގެ ފުރުސަތު މިސަރުކާރުން އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސް މާފަންނުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ނޫނީ ނޫސްވެރިންނަށް ބޮޑަށް ފުރުސަތުތައް ދިން ސަރުކާރެއް ނެތް ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށާއި، އެތަނުގައި ނޫސްވެރިންގެ ސުވާލުތައް ނިމެންދެން ހުންނެވި ކަމަށެވެ.

”ނޫސްވެރިންގެ ސުވާލުތައް ހުސްވެގެން ނޫސްވެރިން ގެޔަށް ދާން ބޭނުންވީމަ ހުއްޓާލީވެސް“

ނޫވްވެރިކަމަކީ އެހެންދާއިރާތައް ފަދައިން ވަރަށް ”ޕްރޮފެޝަނަލީ“ ހިންގަން ޖެހޭނެ ދާއިރާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަކީ ޒިންމާދާރު ކަމާއިއެކު ކުރަންޖެހޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ތިމަންނާމެންގެ ޕޮލިސީއަކީ ސަރުކާރާއި ދެކޮޅު ޕޮލިސީއެކޭ ކިޔައި، އިއުލާނުކުރުމުން އެކަމުގެ ”ޕްރޮފެޝަނަލް“ ކަން ގެއްލުނީ ކަމަށެވެ.

ރައީސް ވިދާޅުވީ އެބައެއްގެ އެޑިޓޯރިއަލްއަކީ ސަރުކާރާއި ދެކޮޅު ޕޮލިސީއެއް ކަމަށް ވިދާޅުވުމުން އެއީ ނޫސްވެރިކަމެއް ނޫން ކަމަށެވެ. ނޫސްވެރިކަމަކީ ވަކި އަތަކަށް ޖެހިގެން ކުރާ ކަމެއް ނޫން ކަމަށާއި، އެގޮތަށް ކަން ހިނގާކަމަށް ވާނަ ައެއީ ސިޔާސީ އެކްޓިވިސްޓުންގެ ގޮތެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ނޫސްވެރިކަމަކީ ހަމައެއްޗެއް ކަމަށާއި، އެމަސައްކަތުގައި ދެފަރާތް ރަނގަޅަށް ބަލައިގެން ކުރިއަށް ގެންދާ ކަމެއް ކަަމށެވެ.

”ކޮންމެ ވާހަކައެއްގައިވެސް 2 ފަރާތް ގެންނަން ޖެހޭ. ތެދުބަހުން ވާހަކަ ދައްކަން ޖެހޭނީ. ފަސްކާފު އޮވޭ“

ރައީސް ވިދާޅުވީ މިހާރު ނޫސްވެެރިކަމާއި ބެހޭ ގާނޫނެއް ކޮމިޝަނުން ހަދާފައިވާ ކަމަށެވެ. މިހާހިސާބަށް އައިއިރު، އެ ކޮމިޝަނުން އެއްވެސް ނޫހަކަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެއްވެސް ފަރާތަކުން ދައްކަން ބޭނުންވާ ވާހަކައަކަށް މިސަރުކާރުން ފިޔަވަޅު ނާޅާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ނޫސްވެރިކަ،ުގެ މިނިވަންކަން އޮތީ ތައްމިނަށް ހުޅުވިފައި ކަމަށެވެ.

ރައީސް ވިދާޅުވީ މިތަނުގެ ގާނޫނުއަސާސީއާއި ހިލާފު ވާހަކައެއް ނުދެއްކޭނެ ކަމަށެވެ. އަދި އިސްލާމް ދީނުގެ ހޫދުދާއި ހިލާފު ވާހަކައަކާއި، އެއްވެސް މީހެއްގެ އަބުރު ކަތިލުމުގެ ފުރުސަތު މިސަރުކާރުން އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޮންމެ ނޫސްވެރިއެއްގެ ވެސް ނުވަތަ ކޮންމެ ރައްޔިތެއްގެ ވެސް އަބުރަކީ ހަމަހަމަ އެއްޗެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެއްވެސ ސިޔާސީ ވިސްނުމެއް ނެތި 2 ފަރާތްވެސް ހަމަހަމަ ކަމާއިއެކު ގެނެސްދޭ ބަޔަކަށް މި ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށާއި، އެކަން ކުރުމުގެ ޖާގަ އޮތީ ތަންމިނަށް ހުޅުވާލެވިފައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: