މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ހާއްސަ އިނާމް 39 ބޭފުޅަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް އިނާމު ދީފައިވަނީ ޖުމްހޫރީ ދުވަހުގެ ޝަރަފުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު މިއަހަރު ހާސިލު ކުރެއްވީ 32 ބޭފުޅުންނެވެ. އެބޭފުޅުންގެ ތެރޭގައި މާސްޓަރޒް ޑިގްރީ ހާސިލުކުރެއްވި 18 ބޭފުޅުންނާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ހާސިލު ކުރެއްވި 1 ބޭފުޅަކާއި، ބެޗްލާސް ޑިގްރީ ހާސިލުކުރެއްވި 13 ބޭފުޅުން ހިމެނެއެވެ.
ހާއްސަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލްކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި ބޭފުޅަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދެވި 32 ބޭފުޅުންނެވެ. އަދި ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފެއް ހޯއްދަވާފައިވާ 6 ބޭފުޅުންނެވެ. މީގެ އިތުރުން ގައުމީ ކުޅިވަރު ދެ ޓީމެއްވެސް ހިމެނެ އެވެ.
ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލުކުރެއްވީ ހަތް ބޭފުޅެކެވެ.
މީގެއިތުރުން ހިމެނެނީ މި އަހަރުގެ ޖުލައި މަހު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ޓީމް އިވެންޓުން ޗެމްޕިއަންކަން ހޯދައި ގޯލްޑް މެޑެލް ހާސިލުކުރި ގައުމީ ޓޭބަލް ޓެނިސް ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުންނާއި، ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން އިންތިޒާމުކޮށްގެން 2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބަންގްލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ރަން މެޑެލް ހާސިލުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނެވެ.
ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު މިއަހަރު އެއްވެސް ފަރާތަކަށް ލިބިފައި ނުވެ އެވެ.
ޖަލްސާގައި، ކީރިތި ގުރްއާން ހިތުދަސް ކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް 16 ހާފިޒުންނަށް ލިބިވަޑައިތަވެ. އެވޯޑު ލިބުނު ފަރާތްތަކުގެ ތެރެއިން އެންމެ ހަގީ ޝާޔާ ޒާހިރު އެވެ. ޝާޔާ ވަނީ އުމުރުން ނުވަ އަހަރުގައި ގުރުއާން ހިތު ދަސްކޮށްފަ އެވެ.
2018 ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއްވަނަ ވަނަ ހާސިލުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރީ 6 ދަރިވަރުންނެވެ. އަދި 2018 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއްވަނަ ވަނަ ހާސިލުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންގެ އަދަދަކީ 11 އެވެ.

ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި ބޭފުޅަކީ ރ. ހުޅުދުއްފާރު އޯކިޑްވިލާ ޑޮކްޓަރު ޔޫސުފް ނިޒާމް އެވެ.
މާސްޓަރޒް ޑިގްރީ:
1. ޙައްސާން ވަޙީދު ގ. ވަށަފަރު
2. އަލްއުސްތާޛާ ފާޠިމަތު ދިޔާނާ، ގޯރަންވިލާ ސ. ހުޅުދޫ
3. ޢަބްދުﷲ ސަނޫން ގ. މޯނިންގވިލާ
4. އަލްއުސްތާޛާ ޙައްވާ ސަނާ މ. ރިވެލިގެ
5. ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ޝިމްހާޒް ޢަލީ ސަޢީދުމަންޒިލް ގއ. މާމެންދޫ
6. ޙަމްދޫން ޢަބްދުލްޙަމީދު ނަސީމީވިލާ އދ. ދިގުރަށް
7. ޚަދީޖާ ސިއުނާ ވިންޑްސްކްރީން ސ. ފޭދޫ
8. ޚަދީޖާ ލީޒާ ނިވާދަށުގެ ހއ. ކެލާ
9. އިބްރާހީމް އާދަމް އަލިގިރި ޅ. ހިންނަވަރު
10. މުޙައްމަދު ރިޔާޟް އަސްރަފީގެ ފ. މަގޫދޫ
11. ޢާއިޝަތު ރަޝީދު މައުވާ ސ. ހިތަދޫ
12. އަޙްމަދު ޢަބްދުލްމަތީން ބަސަރާ ތ. ވިލުފުށި
13. ޙާމިދު ޢަލީ ހުވަނދުމާގެ އދ. މާމިގިލި
14. ރ އޮފް ޕޮލިސް ޢަބްދުﷲ ޢަރީފް، އާރާސްތު މ. ދިއްގަރު
15. ޢާމިރު ޙަސަން، ދަފްތަރު ނަންބަރު ރސ 9245
16. ސައުދަތު ޢަފީފް، ސުހާނާވިލާ ސ. ފޭދޫ
17. މުނާ ޢާޞިމް، ދަފްތަރު ނަންބަރު ރސ 5059
18. އަލްއުސްތާޛާ ޚަދީޖާ އަޙްމަދު، ފުނާޑު ލަގްޒަރީވިލާ ޏ.ފުވައްމުލައް

ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ:
1. ޞިފާން ޢަބްދުއްރަޙީމް، ފިނިފެންމާގެ ބ. މާޅޮސް
ބެޗްލަރސް ޑިގްރީ
1. އަރުޝަދު އަޙްމަދު، ފަހިވާ – ހއ. އުލިގަން
2. ޑރ. އާމިނަތު ނަޖްދާ ،ޝާހިލް – ރ. މީދޫ
3. އަޙްމަދު ޢައްމާރު ނަޞީރު، ވައިލެޓްވިލާ – ސ. ހުޅުދޫ
4. ޢަލީ ޖައިޝަން ޢާމިރު، ހ. މާދޫގެ
5. އަލްއުސްތާޛު އަޙްމަދު، ޝައްފާން މުޙައްމަދު ހ. ލޭޑީބާރޑް
6. އިބްރާހީމް ޝާހިދު، ހިޔަލީގެ – ށ. ފީވައް
7. ޢާއިޝަތު ނަވާލު، ނިޒާރު މއ. ރަންމާ
8. ފާޠިމަތު ޝިނާޡު މޫސާ، ހ. ސާވަން
9. މުޙައްމަދު ޝީރާޒް، ރަންރީދޫގެ- ސ. ފޭދޫ
10. ޢާއިޝަތު ހަނާ، ރިހިވެލި – ބ. ފުޅަދޫ
11. އަޙްމަދު ނާއިފް މުޙައްމަދު ސޯސަންގެ ގދ. މަޑަވެލި
12. ޝީޒާ ލަޠީފް ބިންމަތީގެ ގދ. ތިނަދޫ
13. ތިބްޔާން އިބްރާހީމް މ. އިހަލަ

ބައިނަލްއަޤްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލުކުރެއްވީ:
1. ޢާއިޝަތު ރިޝްމީ ރަމީޒް ހ. ދިލާސާއާގެ
2. އަޙްމަދު މާހިލް ސަޢީދު ރަންކޮކާގެ ސ. ފޭދޫ
3. މުޙައްމަދު މޫސާ މައިބުޅާގެ ޅ. ނައިފަރު
4. އަޛުނީން ރަޝާދު އެޅެހިށިވިލާ ގއ. ވިލިނގިލި
5. އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤު ދަފްތަރު ނަންބަރު ރސ 4844
6. ފާޠިމަތު ދީމާ ޢަލީ މ. އިޝާންވިލާ
7. ޢާއިޝަތު ރަފާ ނާޡިމް މ. ވައިޓްބެލް

ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލްކުރެއްވި ހާފިޡުންނަކީ:
1. އަލްޙާފިޡާ އާސިޔަތު އާދަމް ފެހިގެ ގއ. މާމެންދޫ
2. އަލްޙާފިޡް ޙަސަން އާހިލް އިރުދޭމާގެ ތ. ގުރައިދޫ
3. އަލްޙާފިޡާ ޒޫނާ އިސްމާޢީލް ގަސްކަރަ ކ. ގުޅި
4. އަލްޙާފިޡް ޢަބްދުﷲ އަލްޔަސަޢަ ބިން ޒަމްޒަމް މއ. ރިހިރާޅު
5. އަލްޙާފިޡް ސިބްޣަތުﷲ އަޙްމަދު ރަޝީދާ މަންޒިލް ފ. ނިލަންދޫ
6. އަލްޙާފިޡް މުޙައްމަދު ރަފާޙު އަޙްމަދު މ. ބަބުކެޔޮގަސްދޮށުގެ
7. އަލްޙާފިޡާ މާޒިނާ ޢަބްދުއްރަޙީމް ކިނާރާ ނ. ލަންދޫ
8. އަލްޙާފިޡާ މަރްޔަމް މިކްޔާސް ސަލްމާން އަޅިފަށުވިގެ ގއ. ގެމަނަފުށި
9. އަލްޙާފިޡް އަޙްމަދު ނާޒިލް މުޙައްމަދު ހުވަނދުމާގެ ޅ. ނައިފަރު
10. އަލްޙާފިޡާ އުރްޖުވާން މުޙައްމަދު މ. މެޑެލްމާގެ
11. އަލްޙާފިޡް މުޙައްމަދު ޒާއިން އަޝްރަފް އާބަހާރުގެ ކ. ކާށިދޫ
12. އަލްޙާފިޡާ މާއިޝާ ޢަބްދުއްރަޙީމް ކިނާރާ ނ. ލަންދޫ
13. އަލްޙާފިޡާ ފާޠިމަތު ޝާޔާ ޒާހިރު މއ. އަސާސް
14. އަލްޙާފިޡާ ފާޠިމަތު ޝުޢާޢު ޝާހު ދަފްތަރު ނަންބަރު: ދރ 1519
15. އަލްޙާފިޡާ މަރްޔަމް ޙުސައިން ޝެމްރޮކް ސ. ހިތަދޫ
16. އަލްޙާފިޡް މޫސާ މާއިޝް މާޖިދު މ. ޝޭޑީރެސްޓް ދެކުނުބައި

2018 ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުން:
1- އަޙްމަދު ރަސަލް ތަސްލީމް ގ. ކްރީމްވިލާ
ބިޒްނަސް ސްޓަޑީޒް، އިކޮނޮމިކްސް
(އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް)
2- ޒަޔާން ސަޢުދުﷲ މާޒް ހއ. އުލިގަން
މެތަމެޓިކްސް
(ހއ. އުލިގަމު ސްކޫލް)
3- އިސްމާޢީލް އަޒުމާން ޢަބްދުﷲ ހުޅުމާލެ ފްލެޓް ނަންބަރު 01-1-12
ސޯޝިއޮލޮޖީ
(ބިލަބޮންގ ހައި އީ.ޕީ.އެސް އިންޓަރނޭޝަނަލް ސްކޫލް)
4- ޒަޔާން ޢަބްދުﷲ ނާޒިލް ތަޑިރަތްމާގެ ބ. ތުޅާދޫ
ބައޮލޮޖީ
(އިސްކަންދަރު ސްކޫލް)
5- އިބްރާހީމް ޔައިޝް ޝާކިރު ދަފްތަރު ނަންބަރު 6389
މެރިން ސައިންސް
(ދަރުމަވަންތަ ސްކޫލް)
6- އާމިނަތު ލާމިއާ މަޤްބޫލް ހ. ޖަވްޒާ
ޓްރެވަލް އެންޑް ޓޫރިޒަމް
(އިސްކަންދަރު ސްކޫލް)

2018 ވަނަ އަހަރު ބޭއްވި މަތީ ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުން:
1- އަޙްމަދު އަލްޙާން އާދަމް އޮރެންޖުގެ ޅ. ހިންނަވަރު
އެކައުންޓިންގ
(އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް)
2- ޙުސައިން ސާނީ ސަމާޕެލަސް ތ. ކަނޑޫދޫ
އެކައުންޓިންގ
(އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް)
3- އާމިނަތު ރިސާލާ އޯކިޑްމާގެ ފ. ބިލެތްދޫ
އެކައުންޓިންގ
(ފ. ބިލެތްދޫ ސްކޫލް)
4- ޢަބްދުﷲ ޔަޒާން ރަޝީދު މ. ބީނާފުށި
އެކައުންޓިންގ
ބިޒްނަސް ސްޓަޑީޒް
(އައްޑޫ ހައި ސްކޫލް)
5- ޢާއިޝަތު ސަޙާ ރަޝީދު ޕާމްޝޭޑް ސ. ފޭދޫ
އެކައުންޓިންގ
އިކޮނޮމިކްސް
(އައްޑޫ ހައި ސްކޫލް)
6- އިމްކާން އިބްރާހީމް މ. އިހަލަ
އެކައުންޓިންގ
(ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން)
7- އިސްމާޢީލް ނަފާލް އިބްރާހީމް ދަފްތަރު ނަންބަރު ދރ. 1433
އެކައުންޓިންގ
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން
8- އަޙްމަދު އިޖުލާލް ބުލްބުލާގެ ބ. ކެންދޫ
އެކައުންޓިންގ
ބ. އަތޮޅު ތަޢުލީމީ މަރުކަޒު
9- ޝަމީލާ ޢަބްދުލްޖަލީލު ޝަބްނަމީގެ ރ. އިނގުރައިދޫ
އެކައުންޓިންގ
(ބ. އަތޮޅު ތަޢުލީމީ މަރުކަޒު)
10- މުޙައްމަދު މިއުވާން މަސީޙު ތުނޑި މީނާ ލ. ގަން
ބަޔޮލޮޖީ
(ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން)
11- މުޙައްމަދު ތަހްސީން ޙަސަން ސަން ފްލާވަރ ގދ. ފިޔޯރީ
ފިޒިކްސް
(ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން)

ސަރުކާރުން ދެއްވި ހަނދާނީ ފިލާ ލިބުނު ސްކައުޓުންނަކީ:
1- ރ. އިނގުރައިދޫ ހަތިހާ، ޢަލީ ފައުޒާން (އުމުރު 16 އަހަރު)
2- ރ. އިނގުރައިދޫ މާހާ، ނިޝާހް ޢަބްދުލްޣަފޫރު (އުމުރު 15 އަހަރު)
ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލުކުރި 5 ސްކައުޓުންނަކީ؛
1- މަރްޔަމް ބަރްޝާ މުޙައްމަދު، ސަޢީދާ މަންޒިލް – ށ. ފީވައް
2- އިސްމާޢީލް ޖައިޝް ޖަލާލު، ބިލަތްމާގެ – ގދ. ގައްދޫ
3- މުޙައްމަދު މައުއިލް، ބުލްބުލާގެ – ހއ. ކެލާ
4- މުޙައްމަދު އަކްމަލް ނަޞީރު – މ. ސަނީކޯސްޓް
5- އާމިނަތު އައިނާ ޢަލީ، ދަފްތަރު ނަންބަރު ދރ 2406

ބޭޑަން ޕަވަލް ބެޖް ހާސިލުކުރި 6 ސްކައުޓުންނަކީ:
1- ޢަބްދުﷲ ޔާފިޡް އަޙްމަދު، ކޯދު- ނ. ވެލިދޫ
2- ފައިޙާ ޢަބްދުﷲ އުރަހަ- މ. މުލައް
3- ސަޢާދާ އަޙްމަދު، މއ. ބަރަކޫޑާ
4- އިޒްޙާން ޢަބްދުﷲ، ގ. އެއްތެޔޮމާގެ
5- ޢަލީ ތަޙްނީކު އަޙްމަދު، ހ. ހިރެވެރި
6- މުޙައްމަދު އިޢުޖާޒު ޔަޒީދު، ދޮޅަސް، ހުޅުމާލެ

އިނާމު ލިބިވަޑައިގެންނެވި ފަރާތްތަކަށް އިނާމު ހަވާލު ކުރުމަށްފަހު ރައީސް ވިދާޅުވީ، މުޖްތަމައުގައި އުޅޭ ހުނަރުވެރި ޒުވާނުންގެ އަގު ސަރުކާރުން ވަޒަން ކުރަން ޖެހޭ ކަމަށެވެ. އަދި އެފަދަ ޒުވާނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން، އެ ޒުވާނުންނަށް ހާއްސަ އިނާމަށް ކުރިމަތިލެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ހާއްސަ އިނާމާ ބެހޭ ކޮމިޓީއަށް ދަންނަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

