ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަންޏަކީ ބަހަނާއެއް ނޫން، ޑޮލަރުގެ އަގު އުފުލި އިގްތިސާދު އަދިވެސް ދަނީ ގޯސްވަމުން: އަމީން

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަނި ދެއްކުމުގެ ބަހަނާ ދައްކައި މި ސަރުކާރުން މިވީ ދެ އަހަރުގެ ތެރޭގައި ވައުދުތައް ފުއްދުމަށް ކުރި އެއްވެސް މަސައްކަތެއް ނެތްކަމަށް، ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި އަމީން ވިދާޅުވީ، ތަކެތީގެ އަގު އިންތިހާއަށް އުފުލި އަތް ނުފޯރާފަށަށް ދިިއުމުން ވެސް ސަރުކާރުން އެ މައްސަލަ ހައްލުކުރުމަށް އެއްވެސް ފިޔަވަޅެއް ނާޅާކަމަށެެވެ.

ޑޮލަރުގެ އަގު ދުވަހުން ދުވަހަށް އުފުލި، މި ދެ އަހަރު ރައްޔިތުންނަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނުކަމަށް ޒަރީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށްވީ ވައުދުތަކާއި ހިލާފަށް އިގްތިސާދު ދުވަހުން ދުވަހަށް ދަނީ ގޯސްވަމުން ކަމަށެވެ.

އަމީން ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ޑޮލަރުގެ އަގު ދަށްވާނެކަމަށް ވައުދުވީ ނަމަވެސް، މިހާރު 17 ރުފިޔާގައި ހުރި ޑޮލަރު 20 ރުފިޔާއަށް އުފުލިފައިވާކަމަށެވެ.

ބޭރު ގައުމުތަކާއި ގުޅިގެން ރާއްޖޭގެ އިގްތިސާދު ހަމަޔަކަށް އަޅުވާނެކަމަށާއި، ފެހި ސިގްނަލް ލިބިފައިވާކަމަށް ވިދާޅުވީއިރު އެ އެހީތައް ކޮބައިތޯ އަމީން ސުވާލު އުފެއްދި އެވެ. އަމީން ވިދާޅުވީ ރައްޔިތުން މި ސަރުކާރު ގެނައުމަށް ވޯޓު ދިނީ، އެ އުންމީދުގައި ކަމަށެވެ. އަދި ވިދާޅުވީ ވައުދުތައް ފުއްދައި، ރަނގަޅު މަސައްކަތެއް ކުރުމަށް ދެ އަހަރަކީ ކުރު މުއްދަތެއް ނޫންކަމަށެވެ.

ދަރަނި ދެއްކުމާއި ގުޅޭގޮތުން ސަރުކާރުން ތަކުރާރުކޮށް ވާހަކަ ދައްކާތީ، އެކަމަށް ރައްދު ދެއްވައި އަމީން ވިދާޅުވީ އެއީ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި ދައްކާ ވާހަކަތައް ކަމަށެވެ.
އަމީން ވިދާޅުވީ އެމްޑީޕީ ސަރުކާރު ނިމުނު އިރު ދައުލަތުގެ ދަރަނި 125 ބިލިއަން ރުފިޔާގައި ހުރި ކަމަށް ބަޖެޓު ފޮތުން ދައްކާއިރު، މި އަހަރު ހުށަހެޅި ބަޖެޓު ދިރާސާކުރި ކޮމިޓީގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ލަފާކުރެއްވީ ދަރަނި 158 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އެހެންކަމުން ސަރުކާރުން ދަރަނި އަދާކުރާނަމަ، ދަރަނި އުފުލެންވީ ކީއްވެގެންތޯ އަމީން ސުވާލު އުފެއްދި އެވެ.

އެއަށް ނޫންތޯ ރައްޔިތުން އާނ ބަސް ބުނީ.. ދެ އަހަރު ދުވަހަކީ ކުރު މުއްދަތެއް ނޫނޭ… ދެން ކޮންމެ ކަމެއްގަ ހުރި ސަރުކާރުގެ ދަރަންޏާ އަޅުވާ، މި ކަންކަން ދަރަނި ދައްކާ އިރުގަ ވާގޮތަކީ، އެމްޑީޕީ ސަރުކާރު ނިމުނު އިރުގަ ދައުލަތުގެ ދަރަނިކަމަށް ބަޖެޓް ފޮތުން ދައްކަނީ 125 މި އަދާ ހަމައަށް. މި އަހަރު ހުށަހެޅި ބަޖެޓުގަ މި ބޭފުޅުން ދަރަނި ދައްކަނީއޯ. އެކަން މި ދަރަނި ދައްކާ އިރުގަ ފިނޭންސް މިނިސްޓަރު އަޅުގަނޑު އިން ކޮމިޓީއަކަށް ވަޑައިގެން ވިދާޅުވީ 158 އަށް އަރާނެއޭ.

އަމީން ފާހަގަކުރެއްވި ގޮތުގައި ޑޮލަރުގެ އަގު އުފުލި، ގިނަ މަޝްރޫއުތައް ހުއްޓިފައިވާއިރު، ސަރުކާރުގެ ހަމައެކަނި ބަހަނާއަކީ ބޮޑު ދަރަންޏެއް ދައްކަން ޖެހިފައިވުމެވެ.

އަމީން ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި ވިޔަފާރިވެރިންނަށް އެއްވެސް ކުރިއެރުމެއް ނުވަތަ، ފައިދާއެއް ނުލިބޭ ކަމަށެވެ. އަދި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް އެއްވެސް ކުރިއެރުމެއް ނުލިބޭކަމަށް ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރިއިރު ބައެއް ކުންފުނިތަކުގެ، އެ މަސައްކަތެއް ކުރިޔަށް ގެންދެވޭނެ ގާބިލުކަން ނެތްކަމަށް އަމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ކުންފުނިތަކުގެ ދާއިރާގެ ބޭރު މަޝްރޫއުތައް ވެސް ހަވާލުކޮށްފައިވާކަމަށާއި، އެ ކުންފުނިތަކަކީ ބަނގުރޫޓުވުމާއި ގާތްވެފައި ހުރި ކުންފުނިތައް ކަމަށެވެ. އަމީން ވިދަޅުވީ މީގެ ސަބަބުން ބޭރު ފައިސާއަށް ނޭދެވޭ އަސަރު ކުރާނެކަމަށާއި، މަސައްކަތަށް ބޭނުންވާ ސާމާނާއި ވަސީލަތް ހޯދުމަށް އިންތިހާއަށް ދަތިވާނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ޑޮލަރުގެ އަގު މިހާރު ހުރި އަދަދުން އުފުލުމުގެ ފުރުސަތު ވެސް ބޮޑުކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކަށް ދިން މަޝްރޫއުތަކަކީ، ޕްރައިވެޓް ކުންފުނިތަކުގެ އަތުން ބާތިލުކޮށް ނެގި މަސައްކަތްތައް ކަމަށެވެ. އަދި އޭގެ ސަބަބުން އެ ކުންފުނިތައް އިނދަޖެހިފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަށް ރައްޔިތުން ކަންބޮޑުވުންފާޅު ކުރުމުން، ބޮޑު ރަސްމިއްޔާތެއް ބާއްވައި ކުންފުނިތަކަށް ޕްރޮޖެކްޓުތައް ހަވާލު ކުރީ ބިޑް ކުރުމަކާއި ނުލައިކަމަށް އަމީން ވިދާޅުވި އެވެ. އަމީން ވިދާޅުވީ މިއީ ސަރުކާރުގެ ތެރޭގައި ތިއްބެވި ބޭފުޅުންނާއި، ގާތް މީހުންނަށް ދިން ޕްރޮޖެކްޓުތައް ކަމަށެވެ. އަދި މިހާތަނަށް އެތަނުން އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ފެށިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: