ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ މަގުތައް ހެދުމާއި މަރާމާތު ކުރުމަށް އެޗްޑީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ މަގުތައް ހެދުމާއި މަރާމާތު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިމަހުގެ 3 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 އަދި 2 ގެ މަގުތައް މަރާމާތު ކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އިނރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޮމްޕެނީ ލިމިޓެޑާއެކު އެވެ.

އެ މަޝްރޫއުގެ ދަށުން ފޭސް 1 ގައި ބާކީ ހުރި ހުރިހާ މަގުތަކާއި ފޭސް 2 ގައި ވިނަރެސް ރެސިޑެންސް އާ ޖެހިގެން އޮންނަ މަގު ހެދުން ހިމެނެއެވެ. މި މަގުގެ ދިގުމިނަކީ ގާތްގަނޑަކަށް 1.1 ކިލޯމީޓަރެވެ. މި މަޝްރޫއުގެ ދަށުން ފިތުރޯނު މަގު އަދި ފިތުރޯނު މަގުގެ އިތުރުން ތާރު ހަލާކުވެފައިވާ މަގުތަކުގެ މަރާމަތު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.

އެ މަޝްރޫއުގެ މަގްސަދަކީ ފުރަތަމަ ފިޔަވަހީގެ މަގުހެދުމުގެ މަސައްކަތް ނިންމާލައި ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމާއި، ހުޅުމާލެ ވަށައިގެން ދިރިއުޅޭ މީހުންނަށް ފަސޭހަކަމާއެކު ދަތުރުކުރުމަށް މަގު ފަހިކޮށްދިނުން ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

މީގެ އިތުރުން މަގުތައް މަރާމާތުކޮށް ރަނގަޅު ގޮތެއްގައި ދަތުރުފަތުރު ކުރެވޭނެ މަގުތައް މަރާމާތު ކުރުމަށް ވެސް މި މަޝްރޫއުގެ ދަށުން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: