ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙައްޖު ކޯޕަރޭޝަންގެ ނަމުގައި އޮޅުވާލައިގެން މެސެޖުތަކެއް؛ އާއްމުން ސަމާލުވުމަށް އެދިފި

ހައްޖުގެ އަޅުކަމަށް، މީގެ ކުރިން ރާއްޖޭގެ ހައްޖުވެރިން ކުރި ދަތުރެއްގެ ތެރެއިން: --- ފޮޓޯ: ހައްޖު ކޯޕަރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި އޮޅުވާލައިގެން މެސެޖުތަކެއް ފޮނުވަމުންދާކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ޙައްޖަށް ދިޔުމަށް އިތުރަށް ފައިސާ ދެއްކުމުން ޙައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި އާންމުންގެ ފޯނުތަކަށް މެސެޖުކުރަމުންދާކަމަށް ހައްޖުކޯޕަރޭޝަނުން ވަނީ ބުނެފައެވެ. ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގުގެ އިތުރަށް މި ކޯޕަރޭޝަނުން އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށްވެސް އެ ކޯޕަރެޝަނުންވެސް އެވަނީ ބުނެފައެވެ.

އިސްލާމްދީނުގެ މާތް އަޅުކަމަކާ ގުޅުވައި މަަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ ކަންކަމަކީ އެކޯޕަރޭޝަނުން އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއްކަމުގައި ފާހަގަކޮށް، އެކަން އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.

ހައްޖު ކޯޕަރޭނުން ވަނީ މަކަރާއި ޙީލަތުން ފައިސާ ހޯދުމަށް ފޮނުވާ މިފަދަ މެސެޖުތަކާއި، ކުރާ ފޯނުކޯލުތަކަށް ސަމާލުވުމަށް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: