ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ވާނުވާ ބަންދަށް ހައްލު ގެންނާނެ؛ 5 މިނެޓުން ކުރަން ބުނި ވެރިންނަށް ނުވި: ޝުޖާއު

ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ވާނުވާ ބަންދުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާއިރު، އެކަން ނުކުރެވުނީ ފަސް މިނެޓުން މައްސަލަ ހައްލު ކުރާނެކަމަށް ބުނެ އައި ވެރިންނަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ދުވަސްތަކަށް ފަހު އަނެއްކާވެސް ވާނުވާ ބަންދުގެ ބަހުސް ފެށުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރިޔަށް ގެންދަވާ ރައްޔިތުންގެ ބައްދަލުވުން ތެރެއިން އާންމުގެ މީހަކު އެ މައްސަލައިގައި ކަންބޮޑުވުންފާޅު ކުރުމުންނެވެ. އަދި މި ބައްދަލުވުމުގައި ރައީސް ވަނީ ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ގެނައުމަށްޓަކައި މި ސަރުކާރުން މަަސައްކަތް ކުރަމުން ގެންދާކަމަށް ވިދާޅުވެފަ އެވެ.

މައްސަލައިގައި ސަރުކާރަށް އަމާޒު ކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ، އެންމެ ފުރަތަމަ ވެސް ވާނުވާ ބަންދު ތައާރަފުކޮށް، ރައްޔިތުން އެފަދަ ބަންދެއްގެ ތެރޭގައި ބެހެއްޓީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އަދި މިކަން ފަސް މިނެޓުން ހައްލު ކުރެވޭނެކަމަށް ވިދާޅުވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މައްސަލަތަށް ވީ އިތުރުކަަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ އޭގެ ފަހުން އުފެދުނު އެމްޑީޕީގެ ވެރިކަމުގައި ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ގެނައުމަށްޓަކައި އެއްވެސް ވިސްނުމެއް ގެންގުޅެފައި ނުވާކަމަށެވެ. އަދި ތުހުމަތުތަކުގައި ހައްޔަރު ކުރާ ކޮންމެ މީހަކަށް ވާނުވާ ބަންދު ޖަހަމުން ގެންދިޔަކަމަށް ވިދާޅުވި އެވެ.

ވާނުވާ ބަންދުގެ ހައްލަކީ ފުނިޖެހިފައިވާ މައްސަލަތައް އަވަހަށް ނިންމޭނެ އިންތިޒާމް ޖުޑިޝަރީއަށް ފަހިކޮށް ދިނުންކަމަށް ޝުޖާއު ވިދާޅުވިއެވެ.

”5 މިނެޓުން މިކަން ހައްލުކޮށްދެއްވަން ވިދާޅުވި ރައީސްގެ ވެރިކަމުގައި ކްރިމިނަލްކޯޓްގެ ސީލިންގ ވެއްޓުނީ ފަނޑިޔާރުންގެ ބޮލަށް. 5މިނެޓް އިންނެވީ ތާސްކުޅުމުގައެވެ“

ޝުޖާއު ވިދާޅުވީ މަސައްކަތް ކުރާނެ ފަހި މާހައުލެއް ނެތި، މިއީ ހައްލު ކުރުމަށް އުނދަގޫ މައްސަލައެއްގެ ގޮތުގައި ކޯޓުގެ ފަނޑިޔާރުން ބުނަމުން ދިޔަކަމަށެވެ. އެއާއި އެކު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ހޯދައިދޭނެކަމުގެ ވައުދާއިއެކުކަމަށާއި، މާލީ މިނިވަންކަމާއި މަސައްކަތް ކުރެވޭނެ ފަހި މާހައުލެއް ރައީސް މުއިއްޒު ހޯދައިދެއްވިކަމަށް ޝުޖާއު ވިދާޅުވި އެވެ.

ވެރިކަމަށް ވަޑައިގެންނެވި ފަހުންވެސް ޤާނޫނާ ޤަވައިދުގެ ތެރެއިން ވާނުވާ ބަންދުގައި ތިއްބެވި ފަރާތްތަކުގެ ބައެއްފަރާތްތައް ޓެގް އަޅުވައި ބަންދުން ވީއްލާފައި މިހާރުވެސް ތިބޭނެ ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް 5 މިނިޓުން މިކަން ކުރެވޭނެ ކަމަށް ވިދާޅުވި ރައީސް ޔާމިނަށާއި އެމްޑީޕީގެ ގެ 2 ވެރިކަމުގެ 2 ރައީސުންނަށް މިވަރުވެސް ކޮށްލެވިފައިނުވާކަމަށް ޝުޖާއު ވަނީ ތަކުރާރުކުރައްވާފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: