ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމެއް ކުރިއަރާނީ އެ ޤައުމެއްގެ ހުރިހާ އަފްރާދުން ޝާމިލްވާ ގޮތަށް ކުރެވޭ މަސައްކަތްކޮށްގެން: އަބްދުއްރަޙީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމެއް ޤައުމެއްގެ ގޮތުގައި ކުރިއަރައިގެންދާނީ އެ ޤައުމެއްގެ ހުރިހާ އަފްރާދުން ޝާމިލްވާ ގޮތަށް ކުރެވޭ މަސައްކަތްތަކެއްގެ ސަބަބުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމްކުރި ”މީޑިއާ މައުރަޒު 2025“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިގޮތުން ޤައުމެއް ޤައުމެއްގެ ގޮތުގައި ކުރިއަރައިގެންދިޔުމަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެކޭ ނުވަތަ އިސްލާމިކް މިނިސްޓްރީގެ ޒިންމާއެކޭ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެކޭ ބުނެ  އެކަމެއް ދޫކޮށްލުމަކުން އަދި އެކަމެއް މުފުދޭކަމަށް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވިއެވެ.

ޤައުމެއް ޢައުމެއްގެ ގޮތުގައި އަޅުގަނޑުމެން ބޭނުންވާގޮތަށް ކުރިއަރައިގެންދާނީ ރައްޔިތުން ހަވާލުކުރާ މައްސޫލިއްޔަތު އެ ހަވާލުކުރާ މައްސޫލިއްޔަތެއް އަދާކުރުމުގައި އެހީތެރިވެދިނުމުގައި އެތިބޭ ބަޔަކު އެހީތެރިވެދީގެން އެންމެން އެކުވެ ޝާމިލްވާގޮތަށް މަސައްކަތްކޮށްގެން ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

އަބްދުއްރަޙީމްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން މިސަރުކާރުން ދީނީ ކަންތައްތަކަށް ދެއްވާ ސަމާލުކަން ހާމަކޮށްދޭ އެއް ނިންމެވުމެއްގެ ގޮތުގައި ، ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު އިނާމް ދެވޭ މުބާރާތަކީ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ނިންމެވި ނިންމެވުން ފާހަގަކުރެއްވިއެވެ. މީގެ ކުރިން، ޤުރުއާން މުބާރާތަށްވުރެ އެހެން އާދައިގެ މުބާރާތްތަކަށް މާ ބޮޑެތި އިނާމްތައް ދެވުނު ނަމަވެސް، ސައްތައިން ސައްތަ މުސްލިމް މި ޤައުމުގައި އެންމެ އަގުބޮޑު އިނާމް ދެވޭ މުބާރާތަކަށް ޤުރުއާން މުބާރާތް ހެއްދެވުމަކީ ރައީސް މުއިއްޒުގެ ދީނީ ވިސްނުންފުޅު ހާމަކޮށްދޭ ކަމެއް ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

މިގޮތުން ސައްތައިން ސައްތަ މުސްލިމު ދިވެހި ރާއްޖެއެއް ބިނާކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަރަށް އިސްކަމެއްދެއްވާކަން އަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ. އަދި އެރާއްޖެއަކީ އިސްލާމްދީނުގެ ކަންކަމަށް ރައްޔިތުން ޝައުޤުވެރިވާ އަދި ހަމަ އެހެންމެ އެކަންކަމަށް ސަމާލުވާ އެކަންކަމަށް ރައްކާތެރިވާ ބަޔަކަށް ހެއްދެވުމަކީ ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވާ ގޮތްކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

މީޑިއާ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަޙީމް އަބްދުﷲ ވަނީ، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތައް އާންމުންނަށް އަންގައިދިނުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި އިންތިޒާމްކޮށްފައިވާ ”މީޑިއާ މައުރަޒު“ އަކީ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެ ވުޒާރާއިން ކޮށްފައިވާ ގިނަ ކަންތައްތަކެއް، އަދި ހާސިލްކޮށްފައިވާ ކާމިޔާބީތަކުގެ މައުލޫމާތު މީޑިއާ މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައެވެ.

”މީޑިއާ މައުރަޒު 2025“ އަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން ވުޒާރާގެ ހުރިހާ ސެކްޝަންތަކަކާ ގުޅިގެން ބާއްވާ، ވުޒާރާއިން ހާސިލްކޮށްފައިވާ ކާމިޔާބީތަކާއި، ކުރި މުހިންމު މަސައްކަތްތަކާއި، ވަކިވަކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މީޑިއާތަކާއި އާއްމުންނަށް ފޯރުކޮށްދިނުމަށް ބާއްވާ މައުރަޒެކެވެ. މިއީ މިފަދަ މައުރަޒެއް މި ވުޒާރާއިން ބާއްވާ ދެވަނަ އަހަރުކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: