ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ގިނަ ދުވަސްވެ ބޭނުންނުކުރާ އުޅަނދުތައް ޓޯވ ކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ މަގުތަކުގައާއި ހުސްބިންތަކުގައާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގައި، ހުމާލޭގެ މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތުގައި ޓޯވކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޮޕަރޭޝަން ފެށުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އެވެ. މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރާއި ފުލުހުންގެ ސީނިއަރ އޮފިސަރުން އަދި ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

މިއޮޕަރޭޝަނަކީ ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި، ހޯމް މިިނިސްޓްރީއާއި އެޗްޑީސީ، ޕަބްލިކް ވޯކްސް، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، ވެމްކޯ، އެމްޕީއެލް، ސްޓެލްކޯ، އާރުޑީސީ، އެމްޓީސީސީ އަދި އެމްއޭސީއެލް ގުޅިގެން ޑިސެންބަރު 6-9 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 އަދި 2 ގެ މަގުތަކުގައާއި ހުސްބިންތަކުގައާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ޓޯވކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަން ފެށުމުގެ ކުރިން، ފުލުހުން ވަނީ އުޅަނދު ވެރިންނަށް އެމީހުންގެ އުޅަނދުތައް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ ތަންތަނުން ނެގުމަށް ޚާއްސަ މުއްދަތެއް ދީފައެވެ. އެގޮތުން، ޑިސެމްބަރު 5 ވަނަ ދުވަހުގެ 23:30 ގެ ކުރިން ހުޅުމާލޭގެ ހުސްބިންތަކުގައާއި މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ ހުރި އުޅަނދުތައް ނެގުމަށް ފުލުހުން އެދުނެވެ. މި ފުރުސަތަކީ، އުޅަނދު ވެރިންނަށް އެމީހުންގެ އުޅަނދުތަކުގެ ޒިންމާ ނަގައި، ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.

ހުޅުމާލޭގެ ހުސްބިންތަކުގައާއި މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ފަށާފައިވާ މި މަސައްކަތަކީ، އާންމު މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.

މިކަމުގެ ސަބަބުން، ހުޅުމާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، އާންމުންނަށް ލުއިފަސޭހަ ވެގެންދާނެއެވެ. އުޅަނދު ވެރިންނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ގަވާއިދުތަކަށް ބޯލެނގުމަކީ، މިފަދަ ދަތިކަންތައްތަކުން ސަލާމަތްވެ، މުޖުތަމަޢުގެ ތެރޭގައި ހަމަޖެހުން ގާއިމުކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: