ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ އެސްޖީގެ މަސައްކަތަށް ނުފޫޒުފޯރުވާ ކަމުގެ ތުހުމަތުތަކެއް: ޖޭއެސްސީއިން މައްސަލަ ބަލަނީ

ސުޕްރީމްކޯޓޫ : ފޮޓޯ - އެޑިޝަން އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒު ވަޒީފާއިން ވަކި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައި ވާތީ، އެ މައްސަލަ ބުދަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ޖަލްސާ އަށް އެޖެންޑާ ކޮށްފިއެވެ.

އެކަން ހާމަކުރައްވާ، ހޯމަ ދުވަހު ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ސުޕްރީމް ކޯޓުގެ އެސްޖީގެ މަސައްކަތަށް ހުރަސް އަޅުއްވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އެއްވެސް މުއާމަލާތެއް ކޮށްފިނަމަ އޭނާ ވަޒީފާއިން ވަކިކުރާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އިންޒާރު ދެއްވާފައިވާ ކަމަށް އެ ކޮމިޝަނަށް ސިޓީއެއް ލިބިފައިވާ ކަމަށް ބުނެފައިވެއެވެ.

ޖޭއެސްސީން ބުނީ، އެ މައްސަލަ ބަލަން ނިންމާފައިވަނިކޮށް އެސްޖީ ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ކުރަމުންދާ މައުލޫމާތު ލިބިފައިވާ ކަމަށާ، އެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ. ޖޭއެސްސީން މިފަދައިން ބުނި ނަމަވެސް، ޑރ. ފާއިޒަށް ބިރު ދެއްކެވި ކަމަށް ދެކެވޭ ވާހަކަތައް އުއްތަމަ ފަނޑިޔާރު ވަނީ ދޮގުކުރައްވާފައެވެ. އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނެއްގައި، ޑރ. ފާއިޒަށް ނަސޭހަތް ދެއްވި ކަން ހާމަކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: