ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާދަމާރޭ ހެންވޭރު ރައްޔިތުންނާއި ރައީސް ބައްދަލު ކުރައްވަނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މި ބައްދަލުވުން އޮންނާނީ 7 ޑިސެމްބަރު 2025 ވާ އާދީއްތަ ދުވަހުގެރޭ 8:30 ގައި ކަލާފާނު ސްކޫލުގައެވެ.

”އެކްސް“ ކުރެއްވި ޕޯސްޓްގައި ހީނާ ވަނީ ހެންވޭރުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު އަރުވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ގެންދަވަނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބައްދަލުކުރެއްވުންތައް ބާއްވަވަމުންނެވެ. މިގޮތުން ރައީސްވަނީ ވިލިމާލެ، މައްޗަންގޮޅި އަދި މާފަންނުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުންތަކުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި، ރައްޔިތުންގެ ޝަކުވާތައް ރައީސް ގެންދަވަނީ އަޑުއައްސަވަމުންނެވެ. އަދި އެމަނިކުފާނު ވެރިކަމަަށް ވަޑައިގެން ދެއަހަރު ނުވަނީސްވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.

ރައްޔިތުންގެ ބައްދަލުވުންތަކުގައި ފާޅުކުރާ ޝުޢޫރުތަަކަށް އިޙްތިރާމްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އެކަންކަން އެކަށީގެންވާ ޙައްލުތަކެއް ހޯއްދަވައިދެއްވަމުންނެވެ. އަދި، ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ ވެސް އެ ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވައެވެ.

މިހާތަނަށް ބޭއްވި ކޮންމެ ބައްދަލުވުމެއްގައިވެސް ރައްޔިތުން ހިއްސާކުރައްވާ މައްސަލަތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް ރައީސް މާފަންނުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވިދާޅުވެފަވެއެވެ. އަދި މި މައްސަލަތަކުގެ ތެރެއިން ބައެއް ކަންކަން މިހާރުވެސް ހައްލުކޮށްދެއްވާފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން އެއްވެސް ރިކުއެއްސްޓެއް ދޫކޮށްނުލާ މަސައްކަތްތައް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުން ދޭ ސިޓީތަކަށް ވަރަށް ބޮޑަށް އެޓެންޑުކޮށް، އެ މައްސަލަތައް ހައްލުކޮށްދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި މީގެ ކުރިން މާލޭގައި ބޭއްވި ދެ ބައްދަލުވުމުގައިވެސް ރައްޔިތުން ހިއްސާކުރެއްވި ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ބައެއް ކަންކަން މިހާރުވެސް ބައެއް ރައްޔިތުންނަށް ހައްލުކޮށްދެއްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި ވަކިން އެޕޮއިންޓްމެންޓަށް އެދިވަޑައިގަންނަވާ ބޭފުޅުންނަށް އެފުރުސަތު ދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: