ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލު ކުދިންގެ ޔުނިފޯމު ބަދަލުކުރުމަކީ ހަރަދުބޮޑު، ބޭކާރުކަމެއް: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލު ކުދިންގެ ޔުނީފޯމުތައް ބަދަލުކުރުމަކީ ހަރަދު ބޮޑު ބޭކާރުކަމެއް ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި 90،000އަށް ވުރެ ގިނަ ދަރިވަރުން ތިބި ކަމަށެވެ. ނަޝީދު ވިދާޅުވީ މިހާރު ހުށައަޅާފައިވާ ޔުނިފޯމު ޔުނިފޯމަށް އެންމެ މަދުވެގެންވެސް 900 ހަރަދުވާނެ ކަމަށެވެ.

ބެލެނިވެރިން އަތުން ޖުމްލަ 80 މިލިއަނަށްވުރެ ގިނައިން ނަގާ، އެ ފައުސާ ފޮތި ފިހާރަތަކަށް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. ޔުނިފޯމު ބަދަލުކުރުމަކީ ހަރަދުބޮޑު ބޭކާރު ކަމެއް ކަމަށާއި މިހާރުވެސް ދަރުވަރުން ތިބީ އެކަށީގެންވާ ވަރަށް ނިވާވެގެން ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ހުރިހައި ސްކޫލެއްގެ ދަރިވަރުންގެ ޔުނިފޯމް އެއްގޮތް ކުރުމަށް ތަޢުލީމީ ވުޒާރާއިން ނިންމާފައިވާ ނިންމުމަކީ ތަޢުލީމީ ދާއިރާއަށް އަންނަ  ބޮޑު ބަދަލެކެވެ. 2027 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަން ފަށާ މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ ޔުނިފޯމް ހޯދުމާއި ބެލެހެއްޓުމުގެ ކަންކަން ފަސޭހަ ކުރުމާއި، ދަރިވަރުންގެ މެދުގައި ހަމަހަމަކަން އިތުރުކުރުމެވެ. މި ބަދަލުތައް ގެނެސްފައިވަނީ ސްކޫލްތަކުގެ އިސްވެރިންނާއި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ސަރުކާރުގެ ހުރިހައި ސްކޫލެއްގެ ޔުނިފޯމް އެއްގޮތް ކުރުމަށް 2027 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަން ނިންމާފައިވާ އާ އުޞޫލަކީ ދިވެހި ތަޢުލީމީ ނިޒާމަށް ލުއިފަސޭހަ ކަމާއި ހަމަހަމަކަން ގެނެސްދޭނެ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ޔުނިފޯމް ހޯދުމުގެ ޚަރަދު ކުޑަވެ، ބެލެނިވެރިންނަށް ދިމާވާ ދަތިތައް ކުޑަވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: